
މޯލްޑވިއަނުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށައިފި

މުޙައްމަދު ފަޟްލޫން - 12 މާރިޗު 2026 - 15:31
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ބަންގްލަދޭޝްގެ ޑާކާއަށް ކުރާ ސީދާ ދަތުރުތައް މިއަދު އަލުން ފަށައިފިއެވެ.
މި ދަތުރުތައް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު ރާއްޖެ އައި ފުރަތަމަ ފްލައިޓުގެ ފަސިންޖަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހު ޑާކާއަށް ދަތުރުތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި ދަތުރުތަކުގެ ޓިކެޓުގެ އަގު 399 ޑޮލަރުން ފެށޭއިރު، ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ބެގޭޖް އެލަވަންސް ލިބިގެންދާނެއެވެ.
ބަންގްލަދޭޝްގައި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން، މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން މޯލްޑިވިއަނުން އެ ޤައުމަށް ކުރަމުން އައި ދަތުރުތައް އޮތީ މެދުކަނޑާލާފައެވެ.
ނަމަވެސް، ރާއްޖޭގައި ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން އުޅެމުންދާތީ، ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ބޮޑު ޑިމާންޑެއް އޮތްކަން އެ އެއާލައިނުން ފާހަގަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

އިންތިހާބުތަކާއި ގުޅޭ ކަންބޮޑުވުން އެމްޑީޕީ އިން އީސީ އާއި ހިއްސާކޮށްފި
2 ގަޑިއިރު ކުރިން

ތެޔޮ ލިބުމުގައި ތާށިކަމެއް ނެތް، ރައީސްގެ އަމާޒަކީ ތެލުގެ އަގުބޮޑުވިޔަ ނުދިނުން: ވަޒީރު ޒަމީރު
4 ގަޑިއިރު ކުރިން

ލޯނާއި އިންޓްރަސްޓަށް 1 ބިލިއަން ރުފިޔާ ދައްކައިފި
6 ގަޑިއިރު ކުރިން

އެމެރިކާ-އީރާން ހަނގުރާމަ: ދުނިޔޭގެ އިޤްތިޞާދު ބޮޑު އަނދަވަޅަކަށް!
6 ގަޑިއިރު ކުރިން


.gif&w=3840&q=75)