
ހުޅުމާލޭގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ޝަހްޒާ މުޙައްމަދު - 13 މާރިޗު 2026 - 08:20
ހުޅުމާލެ ފޭސް ދޭއްގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިފި އެވެ.
ފުލުހުންގެ ބުނީ އެ ހާދިސާ ހިނގާފައި ވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިންނެއް ނޫން ކަމަށެވެ. އަދި މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވައިނީ ފުލުސް މީހާ އަށް ބަޔަކު ރޭ ހަމަލާ ދިނީ ހިޔާ ޓަވަރު 15 ގެ އެޕާޓްމަންޓެއްގައި މީހެއްގެ އަންބަކާއި އެކު އެކަހެރިކޮށްފެނިގެންކަމަށެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު އެއްވެސް ފުލުސް މީހާ އަށް އަނިޔާކޮށްފައިވެ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު، އޭނަގެ ގައިގައި ވަރަށް ގިނައިން ލޭ ހުރި ތަނާއި ފުލުހުންގެ އެހީގައި އޭނަ ނެރެން މަސައްކަތްކުރާ އިރު، މީހުން ޖަމާވެ، ހަމަލާ ދޭ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ހަނގުރާމައާއި ގުޅިގެން ރާއްޖެ ބަނޑަކަށް ނުޖެހޭނެ: މިނިސްޓަރ ސައީދު
34 މިނިޓު ކުރިން

ހަނގުރާމަ ފިނިކުރަން އެމެރިކާ އާއި އެކު އެއްބަސްވުމެއް ހަދަން ޒެލަނަސްކީ ގޮވާލައިފި
34 މިނިޓު ކުރިން

އިތުރު މަންޒިލްތަކުގެ ފްލައިޓްތައް ރާއްޖެ ގެންނަނީ
2 ގަޑިއިރު ކުރިން

ޕީއެންސީން މާލޭގައި މިއަދު ސައިކަލް ބުރެއް ބާއްވަނީ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)