
އަކްރަމް ކަމާލުއްދީން
ފްލެޓް ދިން ގޮތާމެދު ހިތްހަމަނުޖެހިގެން ގިނަ ބަޔަކު އޭސީސީއަށް!

އަހުމަދު ޒަލީފު - 08 ނޮވެމްބަރު 2023 - 07:42
ސަރުކާރުގެ "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ 4000 ފްލެޓްގެ ލިސްޓު އެކުލަވާލާފައިވަނީ ބޭއިންސާފުން ކަމަށް ބުނެ ގިނަ ބަޔަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އީސީ) އަށް ގޮސްފިއެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު މިދިޔަ ހޮނިހިރު ދުވަހު އާންމު ކުރުމާއެކު ގިނަ ބަޔަކު ވަނީ އެ ލިސްޓަކީ އިންސާފުން ބޭރުން އެކުލަވާލި ލިސްޓެއް ކަމަށް ބުނެ ޝަކުވާކޮށްފައެވެ. އެ މައްސަލައިގެ ތެރެއަށް އޭސީސީ އިން ވަދެ، މިހާރު ހައުސިން މިނިސްޓްރީ އަށް އަންގާފައި ވަނީ ޝަކުވާތައް ނުބަލައި 4،000 ފްލެޓު ލިބޭ ކަމުގެ ރަޖިސްޓްރީ އެއްވެސް މީހަކަށް ހަވާލު ނުކުރުމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވިއެވެ. "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދިނުމަށެވެ. އަދި އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށް ބުނެފައިވެއެވެ.
ފްލެޓް ލިސްޓުގައި ހިމެނޭ ގިނަ ފަރާތްތަކަށް މިއަދު ވަނީ އޭސީސީއަށް ގޮސް، ފުރަތަމަ ދޫކުރާ 4000 ފްލެޓްގެ ލިސްޓާއި ގުޅޭގޮތުން އެ ފަރާތްތަކުގެ ކަންބޮޑުވުން ފާޅުކޮށް، އެ ލިސްޓާއި ގުޅޭ ޝަކުވާތަށް ސިޓީއަކުން އޭސީސީއަށް ހަވާލުކޮށްފައެވެ.
މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި 4،000 ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅައި އެކުލަވާލި ދާއިމީ ލިސްޓަށް ޕޮއިންޓް ދިން ގޮތް މިއަދުން ފެށިގެން ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީއން ވަނީ އިއްޔެ ވިދާޅުވެފައެވެ. އަދި މިނިސްޓްރީއން ވިދާޅުވި ގޮތުގައި ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ދީފައިވަނީ ހުށަހަޅާފައިވާ ފޯމުތަކުގައި ހުރި މައުލޫމާތަށް ބިނާކޮށް ކަމަށާއި ޕޮއިންޓު ދިނުމުގައި އެއްވެސް އޮޅުވާލުމެއް ނުވާނެ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ފްލެޓްތައް އަވަސް އަރުވާލައިގެން ހަވާލުކުރުމުގެ ބަދަލުގައި އެކަން އާ ސަރުކާރާ ހަވާލުކުރުމަށް އިންތިހާބީ ޑރ. މުހައްމަދު މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ސަރުކާރު ދެމި އޮތްހާ ދުވަހަކު ކުރާ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށާއި އެމަސައްކަތް ހުއްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެމަސައްކަތް ހުއްޓަން ގާނޫނުގައި ވެސް ނެތް ކަމަށް އޭނާ ވަނީ ވިދާާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ބަހެއް ނެތި ރަސްމާލެ ވިއްކައިފިނަމަ ރައީސްގެ މައްޗަށް ދައުވާކުރެވޭނެ: އަލީ ހުސައިން
3 ގަޑިއިރު ކުރިން

"ރަސްމާލެ މަޝްރޫއު ހިންގުމަކީ ރަނގަޅު ކަމެއް ކަމަކަށް ނުފެނޭ، ރެފަރަންޑަމަކަށް ދާންޖެހޭ"
3 ގަޑިއިރު ކުރިން

ކާރިސާތަކަށް ހޭލުންތެރިކުރުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
4 ގަޑިއިރު ކުރިން

އަރިދަފުސްރޯގާ އާއި އިންފްލުއެންޒާ ފެތުރޭތީ ސަމާލުވާން އެދިއްޖެ
4 ގަޑިއިރު ކުރިން


