logo
ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން---

ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން---

ރަސްމާލެ މަޝްރޫއު ހިންގުމަކީ ރަނގަޅު ކަމެއް ކަމަކަށް ނުފެނޭ، ރެފަރަންޑަމަކަށް ދާންޖެހޭ: އަކްރަމް

profile

ޖިނާން ޙުސައިން ޖަބީން - 10 ނޮވެމްބަރު 2026 - 13:00

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން މި ސަރުކާރުން ރަސްމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ މެރީނާ މަޝްރޫއު ހިންގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، މި މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މި މަޝްރޫއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަކްރަމް ވިދާޅުވީ، ރަސްމާލެ މަޝްރޫއު ތަރައްގީކުރުމުގައި ހަރަކާތްތެރިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަކީ މުހައްމަދު އަލައްބާރުގެ ކުންފުންޏެއްގެ ގޮތުގައި ދެއްކި ނަމަވެސް، މިއީ ހަގީގަތުގައި ޔޫއޭއީގެ ވެރިންނާއި ޝާހީ އާއިލާގެ މާލީ ބާރުގެ ދަށުން ހިންގާ ކުންފުންޏެއް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިފަދަ މަޝްރޫއުތަކުގައި އަލައްބާރު ބޭނުންކުރަނީ ހަމައެކަނި "މޫނުމައްޗެއް"ގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އަލައްބާރަކީ ޔަހޫދީ ޒަޔަނިސްޓުންނާ ގާތްގުޅުމެއް ބާއްވާ، އެމީހުންގެ ފައިސާ ބޭނުންކޮށްގެން އިސްލާމީ ގައުމުތަކުގައި އެކި މަޝްރޫއުތައް ހިންގުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި، ޔޫއޭއީއަކީ ޖިއޮގްރަފީގެ ގޮތުން ކުޑަ ގައުމެއް ނަމަވެސް، އެ ގައުމަށް ލިބިފައިވާ މާލީ ތަނަވަސްކަމުގެ ބޭނުން ހިފައިގެން ބައިނަލްއަގުވާމީ މައިދާނުގައި "މިޑްލް ޕަވަރ" ނުވަތަ މެދުފަންތީގެ ބާރެއްގެ ގޮތުގައި މަގާމު ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ބޭރު ގައުމުތަކުގެ ހަމަނުޖެހުންތަކާއި ހަނގުރާމަތަކުގެ ތެރެއަށް ވަދެ، ކުލީ ސިފައިންނަށް ހަރަދުކުރުމާއި ފަންޑުކުރުމުގެ ތުހުމަތު އެ ގައުމަށް އަމާޒުވެފައިވާއިރު، އޭގެ އަޑީގައިވަނީ ސަރަހައްދީ ސިޔާސީ، އިގުތިސާދީ އަދި ސަލާމަތީ ގޮތުން ނުފޫޒު ފޯރުވުމުގެ މަގުސަދު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދެކެވިފައިވާ ބައެއް ވާހަކަތަކަށް އިޝާރާތްކުރައްވައި އަކްރަމް ވިދާޅުވީ، އަވަށްޓެރި އިންޑިއާއަކީ ރާއްޖެ އަޅުވެތިކޮށް އިސްތިއުމާރު ކުރަން އުޅޭ ގައުމެއް ކަމަށް ބުނެ ބަޔަކު މީހުން ވާހަކަ ދެއްކި ނަމަވެސް، އިންޑިއާގެ ފަރާތުން ރާއްޖެއަށް ވިޔަސް އަދި އެހެން ގައުމަކަށް ވިޔަސް އެފަދަ އެއްވެސް އިޝާރާތެއް މިހާތަނަށް ފެނިފައިނުވާ ކަމަށެވެ.

އެހެންކަމުން، މިފަދަ ހުރިހާ ކަމަކަށް ރިއާޔަތްކުރާއިރު، އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރާއްޖޭގައި މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށާއި، މި މަޝްރޫއު ކުރިއަށް ގެންދަންވާނީ ރައްޔިތުންގެ ސީދާ ހުޔާލު ހޯދުމަށް ރެފަރެންޑަމެއް ބޭއްވުމަށްފަހު، ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319