
ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން
ބިންވެރިޔާ މައްސަލާގައި އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފަހައްޓައިފި

ޝުރުފާ މުހައްމަދު - 21 ޑިސެމްބަރު 2024 - 13:48
ހައުސިންގ މިިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، ހައުސިންގ މިނިސްޓްރީގެ އިތުރު ހަތަރު އިސްވެރިއެއް ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަސައްކަތުގެ ތެރޭގައި ޝަރުތުހަމަ ނުވާ ބަޔަކަށް ފްލެޓާއި ގޯތި ދޫކުރި މައްސަލަތަކެއް ފުލުހުންނާއި އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މި ތަހުގީގުގެ ތެރެއިން އޭސީސީގެ ހުށަހެޅުމަކަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކޯޓުން މިހާރު ވަނީ ނެރެފަ އެވެ. އޭނާ އާއި އެކު އިތުރު 3 މީހެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ. އެއީ:
• މުހައްމަދު އާރިފް (ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު)
• ލިރުގާމް ވަހީދު (ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު)
• އަހްމަދު ވިޝާން ނަސީމް (ޑިރެކްޓާ ޖެނެރަލް)
މީގެ ތެރެއިން ވިޝާން އަކީ މިވަގުތު ވެސް ހައުސިންގ މިިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
މި މައްސަލާގައި ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ މި މައްސަލާގެ ބޮޑު ބައެއް މިދިޔަ ސަރުކާރުގައި ހިންގާފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން އެ ލިޔުންތަކަކީ މިދިޔަ ސަރުކާރުގައި ދިން އެއްޗެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އެކަމަކު އޭރު ހައުސިންގ މިނިސްޓްރީގައި ބިމާ ބެހޭ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަކްރަމް ކަމާލުއްދީން ވަނީ ކަނޑައެޅިގެން އެކަން ދޮގުކުރައްވާފަ އެވެ. އެގޮތުން .ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް ނުވަތަ ނުރަސްމީކޮށް އެއްވެސް ފަރާތަކަށް ކުރީގެ ހައުސިންގ މިނިސްޓްރީން ދޫކޮށްފައި ނުވާނެކަމުގެ ޔަގީންކަން އޭނާ އަރުވާފައިވެ އެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ބިންވެރިޔާ ސްކީމުގެ ގޯއްޗެއް ފޭކު ޑޮކިއުމަންޓަކާއި އެކު އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދަށް ދިން މައްސަލަ ސޯޝަލް މީޑިއާގައި އާންމުވި ހިސާބުންނެވެ. އެހިސާބުން ފުލުހުން އެޗްޑީސީ އަށް ވަދެ ޑޮކިއުމަންޓް ފޯޖުކުރުމުގެ މައްސަލާގެ ތަހުގީގު ފަށާފައިވާއިރު ވިނަރެސް ފް؛ެޓުތައް ވެސް ލިސްޓު އޮޅުވާލައިގެން މީހުންނަށް ދީފައިވާ މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފަ އެވެ.
މި މައްސަލަތައް ފުލުހުންނާއި އޭސީސީން މިހާރު ބަލަމުން އަންނަ އިރު، ފުލުހުން މީގެ ކުރިން ވަނީ ފަޒުލް އާއި ފަޒީލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ވެސް ހިފަހައްޓާފަ އެވެ. އަދި ހައުސިންގ މިނިސްޓްރީގެ އިސް މަގާމުތަކެއްގައި ތިބި 9 މީހުން ސަސްޕެންޑުކޮށްފައިވާއިރު އެޗްޑީސީގެ މުޅި ބޯޑު ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

"ރަސްމާލެ މަޝްރޫއު ހިންގުމަކީ ރަނގަޅު ކަމެއް ކަމަކަށް ނުފެނޭ، ރެފަރަންޑަމަކަށް ދާންޖެހޭ"
3 ގަޑިއިރު ކުރިން

ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރުގެ ދަށަށް!
މަހެއް ކުރިން
.jpeg&w=3840&q=75)
ނުއަގުގައި ބިމެއް ވިއްކި ކަމަށް ބުނެ ދައުރުކުރަނީ އިންސާފު ނުލިބި 23 އަހަރުވެފައިވާ މީހަކާ ގުޅޭ ލިޔުންތަކެއް: މުއްތަލިބު
2 މަސް ކުރިން

13 ރަށެއްގައި ހައުސިން ޔުނިޓް އަޅަން އިއުލާންކޮށްފި
4 މަސް ކުރިން


