logo

13 ރަށެއްގައި ހައުސިން ޔުނިޓް އަޅަން އިއުލާންކޮށްފި

profile

މުޙައްމަދު ފަޟްލޫން - 19 ޖުލައި 2026 - 11:16

ރާއްޖޭގެ 13 ރަށެއްގައި ޖުމްލަ 2،100 ހައުސިންގ ޔުނިޓް ތަރައްގީ ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ހައުސިންގ މިނިސްޓްރީ އިން އިއުލާނުކޮށްފިއެވެ.

https://wamco.com.mv/

މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ އަގުހެޔޮ (އެފޯޑަބަލް) ބޯހިޔާވަހިކަމުގެ ޔުނިޓްތަކެކެވެ.

މިއީ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ރަށްރަށުގެ ތަރައްޤީއާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢަށް ޕްރޮޕޯސަލް ހުށަހެޅޭނީ ސައްތައަކުން ސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 'ކޮންޓްރެކްޓަރ ފައިނޭންސް' އުސޫލުން، 'ބިލްޑް އެންޑް ސޭލް' މޮޑެލްއަށެވެ.

ހައުސިންގ ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކާއި އަދަދު:

ހއ. ހޯރަފުށި: 100 ޔުނިޓް

ރ. އުނގޫފާރު: 100 ޔުނިޓް

ބ. ތުޅާދޫ: 50 ޔުނިޓް

ޅ. ނައިފަރު: 300 ޔުނިޓް

މ. މުލި: 100 ޔުނިޓް

ދ. މީދޫ: 100 ޔުނިޓް

ލ. ގަން: 200 ޔުނިޓް

ގދ. ތިނަދޫ ސިޓީ: 300 ޔުނިޓް

ޏ. ފުވައްމުލައް ސިޓީ: 300 ޔުނިޓް

ސ. ހިތަދޫ: 300 ޔުނިޓް

ސ. ފޭދޫ: 200 ޔުނިޓް

ސ. މަރަދޫ ފޭދޫ: 25 ޔުނިޓް

ސ. މަރަދޫ: 25 ޔުނިޓް

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމަށް ބޭނުންވާ ބިން ސަރުކާރުން ހިލޭ ފޯރުކޮށްދޭނެއެވެ.

ބިން ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރަންޖެހޭނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން، 'ބިލްޑް އެންޑް ސޭލް' މޮޑެލްގެ ދަށުންނެވެ.

މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގެ 60 އިންސައްތަ ވިއްކަންވާނީ އެފޯޑަބަލް ހައުސިންގ ނުވަތަ އަގުހެޔޮ ބޯހިޔާވަހިކަމުގެ ގޮތުގައެވެ

ބާކީ 40 އިންސައްތަ ޔުނިޓް މާކެޓް ރޭޓުގައި ވިއްކުމުގެ އިޚްތިޔާރު ޑިވެލޮޕަރުންނަށް ލިބިގެންވެއެވެ.

އެފޯޑަބަލް ހައުސިންގ ޔުނިޓްތަކުގެ ބޮޑުމިނުގައި މަދުވެގެން 900 އަކަފޫޓު ހުންނަންޖެހޭއިރު، މި ޔުނިޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 1.5 މިލިއަން ދިވެހި ރުފިޔާއެވެ.

ގިނަ ލުއިފަސޭހަތަކަކާއެކު ކުރިއަށްގެންދާ މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 4 ވަނަ ދުވަހެވެ. މަޝްރޫޢަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 17 ވާ ބުދަ ދުވަހުގެ މެންދުރު 1:00 އެވެ.

ޕްރޮޕޯސަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ އީމެއިލް އެޑްރެސް މެދުވެރިކޮށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk