logo
އަކްރަމް ކަމާލުއްދީން

އަކްރަމް ކަމާލުއްދީން

މުލިއާގެއަށް ބަދަލު ގެނައުމަކީ ކޮށްގެން ވާނެ ކަމެއް ނޫން - އަކްރަމް

profile

އަހުމަދު ޒަލީފު - 19 ނޮވެމްބަރު 2023 - 11:03

މުލިއާ ގެއަކީ އާސާރި ބިނާއެއް ކަމަށާއި އެތަނަށް ބަދަލު ގެންނަން އުޅުމަކީ ވަރަަށް އިހާނަތްތެރި ކަމެއް ކަމަށް ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އޭނާ މިހެން ވިދާޅުވީ، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މުލީއާގެއަށް ބަދަލުވެވަޑައިގަންނަވާނީ އެތަން މަރާމާތަށްފަހުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓުވީޓެއްގައެވެ.

އަކްރަމް ވިދާޅުވީ، މުލިއާގެއަކީ 104 އަހަރު ވެފައިވާ ބިނާ އެއް ކަމަށާއި އެތަނަކީ އާސާރީ ބިނާއެއް ކަމަށެވެ. އަދި ތަނުގެ މައިގެއަށް ބަދަލު ގެންނަން އުޅުމަކީ ވަރަަށް އިހާނަތްތެރިކަމެއް ކަމަށާއި މިފަދަ ކަމެއް ކުރާނަމަ އެކަން އާންމު ރައްޔިތުންނަށް އޮޅުން ފިލުވައި ދޭންޖެހޭނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވަނީ މިކަމަށް އިސްކަމެއް ނުދޭތޯ އަހައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ޓެގުކޮށް ސުވާލު ކުރައްވާފައެވެ.

ރައީސް މުލީއާގެއަށް ބަދަލުވާނީ މަރާމާތަށްފަހުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު ދިރިއުޅުއްވީ މުލީއާގޭގައެވެ.

https://wamco.com.mv/
tel:+9607331319