logo

ކެމްޕެއިނަށް ރައީސް ބ.އަތޮޅަށް!

profile

އަހުމަދު ޒަލީފު - 08 ޖެނުއަރީ 2023 - 21:24

ރައީސް ސޯލިހު ކެނދިކުޅުދޫގައި

ރައީސް ސޯލިހު ކެނދިކުޅުދޫގައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

އެގޮތުން ބ.އޭދަފުށި އަދި ދަރަވަންދޫއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މާޅޮސްމަޑުލު ދެކުނުބުރި #MDPKuriah ދަތުރު
🗓️ 9 ޖަނަވަރީ 2023 ހޯމަ ދުވަސް

📍ބ. އޭދަފުށި

📍ބ. ދަރަވަންދޫ pic.twitter.com/CccY0keLf3

— MDP Kuriah (@MDPKuriah) January 8, 2023

މި ކެމްޕެއިންގައި އިއްޔެ ވަނީ ޅ.އަތޮޅަށްވެސް ވަޑައިގަންނަވާފައެވެ.

ޅ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ އެ އަތޮޅު ކުރެންދޫ އަށެވެ. އޭގެ ފަހުގައި ޅ. އޮލުވެލިފުއްޓަށް ވެސް ވަޑައިގެންނެވި އެވެ.

ރައީސް ކުރެންދޫއަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވާ، ކެމްޕޭން ކުރެއްވުމަށް ޑޯޓުޑޯ އަށް ވެސް ވަޑައިގެންނެވި އެވެ. އަދި ކުރެންދޫގައި މިހާރު ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލެއްވި އެެވެ.

ޅ. އޮޅުވެލިފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ތިބި އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ އެރަށުގެ ކަންކަން ހުރި ގޮތްވެސް ރައީސް ބައްލަވާ އޮޅުންފިލުއްވި އެވެ.

https://wamco.com.mv/
tel:+9607331319