
އެއާޕޯޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ

ރިޟްވާން މޫސާ - 11 ޖުލައި 2026 - 07:30
އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 2 ބާވަތެއްގެ ޓެކްސް ނުވަތަ ފީއެއް ދަނީ ނަގަމުންނެވެ. އެއީ ޑިޕާޗަރ ޓެކްސްއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަދަދު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު %17.5 އިތުރުވެފައެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. 2025ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 913 މިލިޔަން ރުފިޔާއެވެ. މިއީ %18 އިތުރު އަދަދެކެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. މި ފީ ނަގަން ފަށާފައިވަނީ 1 މޭ 2017 އިން ފެށިގެންނެވެ. ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ.
މީރާއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާރ ޓެކްސްގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.8 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %17.5 އިތުރު އަދަދެކެވެ.
ގުޅުން ހުރި ޙަބަރުތައް

ޓްރަމްޕް މަރާލައިފާނެ ކަމުގެ ބިރަށް 1000 މިސައިލް ތައްޔާރީ ހާލަތައް ގެނެސްފި!
2 ގަޑިއިރު ކުރިން

ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް
2 ގަޑިއިރު ކުރިން

ގްރޫޕް މާރާމާރީއެއްގައި 4 މީހަކަށް އަނިޔާވެގެން ފަރުވާ ދެނީ
2 ގަޑިއިރު ކުރިން

ސްޕެއިންގެ ރޯވި އަލިފާނުގެ ތެރެއިން ސަލާމަތްވާން އުޅުމުގެ ތެރޭގައި އެތައް ބަޔަކު ގެއްލިއްޖެ!
2 ގަޑިއިރު ކުރިން


.gif&w=3840&q=75)