logo

އެންއެޗް ކަލެކްޝަން ރިސޯޓުގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 31 މޭ 2026 - 14:28

ގއ ގައި އޮންނަ އެންއެޗް ކަލެކްޝަން މޯލްޑިވްސް ހަވޮއްޑާ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

https://wamco.com.mv/

އެންއެޗް ކަލެކްޝަން ރިސޯޓުން ގެނބުނު ފަތުރުވެރިޔާ އަށް ފަރުވާދޭން ގެންދިޔައީ ގދ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ.

ހޮސްޕިޓަލުން އަސްލުޓީވީ އަށް މައުލޫމާތު ދެމުން ބުނީ ގެނބުނު ފަތުރުވެރިޔާ ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. އެހެންކަމުން މަރު ސާބިތުކުރަން ކުރަންޖެހޭ ކަންކަން ފުލުހުންނާއި ގުޅިގެން ކުރަމުންދާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިހާދިސާގައި ގެނބިގެން މަރުވެފައިވަނީ ޗައިނާ އަށް ނިސްބަތްވާ 74 އަހަރުގެ ފިރިހެނެއް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk