ސިއްހަތާއި ބެހޭ ވަޒީރު ގީލާ އަލީ / ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އާބާދީގެ ކޮންމެ 4 މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރޭ: ސިއްހީ ވަޒީރު

މުޙައްމަދު ފަޟްލޫން - 31 މޭ 2026 - 13:29
ރާއްޖޭގެ އާބާދީގެ ކޮންމެ 4 މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިއަދު މުޅި ދުނިޔޭގައި ފާހަގަކުރަމުންދާ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަހާއި ގުޅިގެން ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ދުންފަތުން މުޖުތަމައު ސަލާމަތް ކުރަން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
ޖެނެރޭޝަނަލް ބޭން އެއް މިސަރުކާރުން ތައާރަފްކޮށް އެއަށް އަމަލުކުރުމަކީ ދުންފަތާއި ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެއިން ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދުންފަތާއި ދެކޮޅަށް ޖެނެރޭޝަނަލް ބޭން އެއް ތައާރަފްކުރެވުނު ފުރަތަމަ ގައުމަކީ ދިވެހިރާއްޖެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޖެނެރޭޝަނަލް ބޭންއެއް ތައާރަފްކޮށް އެކަން މިސަރުކާރުން ތަންފީޒުކުރަންފެށީ ދިވެހި ރައްޔިތުންގެ ހައްގުގައި ދިވެހިންގެ ސިއްހަތާއި މެދު ވިސްނާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވޭޕް މަނާކުރުމަށް ނިންމި ނިންމުމަކީވެސް މިސަރުކާރުން އެޅި ފިޔަވަޅާއި ދުންފަތް މަނާކުރަން އެޅި ފިޔަވަޅަކީ ރައްޔިތުންގެ ސިއްހަތު ސަލާމަތް ކުރުމަށްޓަކައި އަދި ދުންފަތުން ދުރުހެލިކުރަން އެޅުއްވި ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސިއްހީ ގޮތުން ވިސްނާލާއިރުގައި ގައިން ގަޔަށް ނާރާ ބަލިތަަކަކީ ރާއްޖޭގައި މިއަދު ކޮންޓްރޯލްކުރަންޖެހޭ ވަރަށް މުހިއްމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި މީހުން މަރުވާ ރޭޓަށް ބަލާއިރު 84 އިންސައްތަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތައް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމުން ނުކުންނަ ހިރާސްތަކުގެ ތަފާތު މައްސަލަތަކުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މޯލްޑިވިއަންގެ ފްލީޓަށް އިތުރު 2 ބޯޓް ގެންނަނީ
3 ގަޑިއިރު ކުރިން

އެންއެޗް ކަލެކްޝަން ރިސޯޓުގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
3 ގަޑިއިރު ކުރިން

މިދިޔަ އަހަރު 200 އަށްވުރެ ގިނަ މީހުން ވަނީ ދުންފަތް ބޭނުންކުރުން ހުއްޓާލާފައި: އެޗްޕީއޭ
3 ގަޑިއިރު ކުރިން
ދުންފަތާއި ދެކޮޅަށް 5 އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެއް ހިންގަނީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)