logo

ދުންފަތާއި ދެކޮޅަށް 5 އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެއް ހިންގަނީ

profile

މުޙައްމަދު ފަޟްލޫން - 31 މޭ 2026 - 13:23

ދުންފަތާއި ދެކޮޅަށް 5 އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެއް ހިންގަން ސަރުކާރުން ނިންމައިފިއެވެ.

https://wamco.com.mv/

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސިއްހަތާއި ބެހޭ ވަޒީރު ގީލާ އަލީ ވަނީ ދުންފަތާއި ދެކޮޅަށް ގައުމީ ކެމްޕޭނެއް ހިންގަން ސަރުކާރުން ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.

5 އަހަރު ދުވަހަށް ހިންގަން ދުންފަތާއި ދެކޮޅަށް ކެމްޕޭން ހިންގަން ނިންމީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކުރުމުއްދަތެއްގައި ނަތީޖާ ހާސިލް ކުރެވޭނެ ކަމަކަށް ނުވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ދުންފަތާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކެމްޕޭނެއް ހިންގަމުންދާއިރު އެކަމުގައި ސަރުކާރާއި ޖައުމިއްޔާ ޖަމާއަތްތަކާއި އެހެނިހެން ވުޒާރާތަކުގެ ބައިވެރިވުން މުހިއްމުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާތަނަށް ދިވެހިރާއްޖެއިން ކުރިއަށް ގެންގޮސްފައިހުރި ހުރިހާ ގައުމީ ކެމްޕެއިން ތަކުގައި ރައްޔިތުންގެ ބައިވެރިވުން ސަރުކާރަށް ވަރަށް ސާބިތުކަމާއެކު ދައްކުވައިދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުންފަތާއި ދެކޮޅަށް ހިންގާ ކެމްޕޭންގެ ނަތީޖާ ޖަމުއިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމާއި ނުލާ ނުފެންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކެމްޕޭނަށް ސިއްހީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާ އިންވެސް އެއްބާރުލުންދީ އެކަމަށް ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފައެވެ.

މި ކެމްޕެއިނުގެ މަގްސަދު ތަކުގެ ތެރޭގައި އެކި ދާއިރާތަކުން އާންމުން ހޭލުންތެރިކުރުވުމާއި، ތަފާތު އިނާޔަތްތަކާއި ލުއިފަސޭހަތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތުން ތަޢުލީމީ ދާއިރާއާއި، ކުޅިވަރާއި ޒުވާނުންގެ ދާއިރާގެ އިތުރުން މަދަނީ ޖަމިއްޔާތަކާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ހަރަކާތްތައް ހިންގުމާއި، ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk