logo

މޯލްޑިވިއަންގެ ފްލީޓަށް އިތުރު 2 ބޯޓް ގެންނަނީ

profile

މުޙައްމަދު ފަޟްލޫން - 31 މޭ 2026 - 14:28

މޯލްޑިވިއަންގެ ފްލީޓް ޒަމާނީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އިތުރު ދެ އޭޓީއާރު މަތިންދާބޯޓު ގަތުމަށް އޯޑަރު ދީފައިވާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ޑޭޝް 8 މަރުކާގެ ބޯޓުތައް އޭޓީއާރު ބޯޓުތަކަށް ބަދަލުކުރުމުގެ މަސައްކަތް 2022 ވަނަ އަހަރު ފަށާފައިވާއިރު، އަލަށް އޯޑަރުކުރި ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި ދެވަނަ ބޯޓު އަންނަ އަހަރުގެ ފަހުކޮޅު ފްލީޓާ ގުޅޭނެކަމަށް އިޔާސް ވިދާޅުވިއެވެ.

މި ބަދަލާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން އިޔާސް ފާހަގަކުރެއްވީ، 2008 ވަނަ އަހަރުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުންދާ ޑޭޝް 8 މަރުކާގެ ބޯޓުތަކަކީ މިހާރު ދުވަސްވުމުގެ ސަބަބުން މަރާމާތަށް ބޮޑު ހޭދައެއް ކުރަންޖެހޭ އުޅަނދުތަކެއް ކަމަށެވެ.

އައު ބޯޓުތައް ގެނައުމާއެކު ފްލީޓް އައުކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމި، ކުންފުނީގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މިހާރުވެސް މޯލްޑިވިއަނުން އޭޓީއާރުގެ 5 ބޯޓު އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންދާއިރު، މީގެ ތެރެއިން އެންމެ ފަހުން ފްލީޓާ ގުޅުނީ މުޅިން އައު ބޯޓެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ޖުމްލަ 27 މަތިންދާބޯޓު ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވައިޑް ބޮޑީ އެއަރބަސް އޭ330 މަރުކާގެ ބޯޓަކާއި، ނެރޯ ބޮޑީ އެއަރބަސް އޭ320 މަރުކާގެ ބޯޓެއްގެ އިތުރުން، 5 އޭޓީއާރު ބޯޓާއި، 9 ޑޭޝް-8 ބޯޓު އަދި 11 ޓްވިން އޮޓާ (ޑޭޝް-6) ބޯޓެވެ.

މޯލްޑިވިއަންގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ބައިނަލްއަގްވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މޯލްޑިވިއަނަށް އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އައިލެންޑް އޭވިއޭޝަނުން އަމާޒު ހިފާފައިވަނީ މިއަހަރުގެ ފަހުކޮޅަށް މި ބޯޓު ރާއްޖެ ގެނައުމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk