logo
ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީ

މިދިޔަ އަހަރު 200 އަށްވުރެ ގިނަ މީހުން ވަނީ ދުންފަތް ބޭނުންކުރުން ހުއްޓާލާފައި: އެޗްޕީއޭ

profile

މުޙައްމަދު ފަޟްލޫން - 31 މޭ 2026 - 13:57

މިދިޔަ އަހަރު 200 އަށްވުރެ ގިނަ މީހުން ވަނީ ދުންފަތް ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ބުނެފިއެވެ.

https://wamco.com.mv/

އެޗްޕީއޭ އިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ގާއިމުކޮށްފައިވާ ސެސޭޝަން ކްލިނިކްތަކުގެ އެހީތެރިކަމާއެކު މިދިޔަ އަހަރު 200 އަށްވުރެ ގިނަ މީހުން ވަނީ އެ އާދަ ދޫކޮށްލާފައެވެ.

މި މުއްދަތުގެ ތެރޭގައި ޖުމްލަ 1،000 އަށްވުރެ ގިނަ މީހުން މި ކްލިނިކްތަކުން ފަރުވާ ހޯދާފައިވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރުން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ހަތަރު ސެންޓަރެއް ގާއިމުކުރުމުގެ އިތުރުން، އަތޮޅުތެރޭގެ ހުރިހާ ސިއްހީ މަރުކަޒުތަކެއްގައި ޕަބްލިކް ހެލްތުގެ ދަށުން މި ހިދުމަތް މިހާރު ލިބެން ހުންނާނެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޖުމްލަ 225 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވެއެވެ.

މީގެ ތެރޭގައި މާލެ ސަރަހައްދުން 187 މީހަކާއި، އަތޮޅުތެރެއިން 68 މީހަކު ހިމެނެއެވެ.

ފަރުވާ ހޯދި 1،045 މީހުންގެ ތެރޭގައި ހިމެނެނީ 982 ފިރިހެނުންނާއި 63 އަންހެނުންނެވެ. މީގެ ތެރެއިން 580 އަށްވުރެ ގިނަ މީހުންނަކީ މާލެ ސަރަހައްދުން ފަރުވާ ހޯދި ފަރާތްތަކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ދެވޭ ފަރުވާ ކުރިއަށް ގެންދަނީ ނޭޝަނަލް ޓޮބޭކޯ ސެސޭޝަން ޓޫލް ކިޓް އަށް ބިނާކޮށްގެންނެވެ.

މި މަސައްކަތުގެ ތެރެއިން، ފަރުވާ ބޭނުންވާ ފަރާތުގެ ހާލަތު ވަޒަންކޮށް، ދުންފަތަށް ދެވިހިފާފައިވާ މިންވަރު ދެނެގަނެއެވެ. އަދި ކައުންސިލިން ދިނުމާއި، ދިރިއުޅުމުގެ އާދަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބާރުއެޅުމާއެކު، ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk