
ރޯގާ އާއި ހުން ފެތުރޭ މިންވަރު އިތުރުވާތީ ސަމާލުވާން އެދިއްޖެ

މުޙައްމަދު ފަޟްލޫން - 18 ސެޕްޓެމްބަރު 2026 - 12:46
މި ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުމާއި އަރިދަފުސް ރޯގާގެ އިތުރުން ބޭރަށްހިންގުން ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މި ބަލިތައް ޖެހިގެން ސިއްހީ ހިދުމަތްތެރިންނަށް ދައްކާ މީހުންގެ ޢަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވައި އެޗްޕީއޭއިން ބުނީ، ސްކޫލް ޗުއްޓީއާ ދިމާކޮށް ރާއްޖެއިން ބޭރަށާއި އަތޮޅުތަކަށް ކުރާ ދަތުރުތަކާއި، ގޭގެއަށް ޒިޔާރަތްކުރުން މި ދުވަސްވަރު އިތުރުވާނެ ކަމަށެވެ. އެހެންކަމުން، ބަލިތަކުން ރައްކާތެރިވުމަށްޓަކައި ފަރުދީ ފެންވަރުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން އެދިފައިވެއެވެ.
ރޯގާއާއި ހުމުން ރައްކާތެރިވުމަށްޓަކައި ކެއްސައި ކިނބިހިއަޅާއިރު އަނގައާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް ވަނީ އިރުޝާދު ދީފައެވެ. މީގެއިތުރުން، މީހުން ގިނައިން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށާއި، ހާއްސަކޮށް ކުޑަކުދިން އެފަދަ ތަންތަނަށް ނުގެންދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުމަށާއި، ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ވެސް އިރުޝާދު ދީފައިވެއެވެ.
ހަމައެއާއެކު، ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭސްތައް އަމިއްލައަށް ބޭނުންނުކުރުމަށާއި، ހުން އަންނަތާ ތިން ދުވަހަށްވުރެ އިތުރުވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

މެއިންޓެނެންސް މަސައްކަތެއް ކުރާތީ މިރެއާ މާދަމާ ކާޑުގެ ހިދުމަތްތަކަށް ބުރޫ އަރާނެ: ބީއެމްއެލް
2 ގަޑިއިރު ކުރިން

ޤައުމީ ޤުރްއާން މުބާރާތުގެ އެއްވަނައަށް ޚާއްޞަ ޕީއެޗްޑީ ސްކޮލަރޝިޕް އުސޫލު ނެރެފި
3 ގަޑިއިރު ކުރިން

ތިލަފުށީ ޕޯޓުގައި ކާގޯ ކްލިއަރެންސްގެ ޚިދުމަތް އަންނަ އޮކްޓޯބަރު މަހު ފަށަނީ
3 ގަޑިއިރު ކުރިން

ދެވަނަ ކުއާޓަރުގައި ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ ދަށަށްގޮސްފި
3 ގަޑިއިރު ކުރިން


