logo

ބޮޑުތަކުރުފާނު މަގު ސެގްމެންޓް ފަހެއްގެ ބޮޑުބައި ނިމިއްޖެ: އެމްޓީސީސީ

profile

މުހައްމަދު މުޝްރިފް - 09 މޭ 2026 - 07:55

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މިހާރު ހަދަމުންދާ ސަރަޙައްދުތަކުގައި އަންނަ ޖޫން މަހު ތާރުއަޅަން ފެށުމަށް އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.

https://wamco.com.mv/

މި މަޝްރޫޢާއި ގުޅޭގޮތުން އެމްޓީސީސީން ބުނީ ޕްރޮޖެކްޓްގެ ފަސްވަނަ ސެގްމެންޓްގެ ބޮޑު ބައެއް މިހާރު ވަނީ އެއްކޮށް ނިމިފައި ކަމަށެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެފްއެސްއެމްގެ އިމާރާތާ ހަމައަށް އޮންނަ ބައިގައި ތާރުއެޅުމަށް މިހާރު ވަނީ ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. މީގެ އިތުރުން، އެ ކުންފުނީގެ އަމާޒަކީ އަންނަ ޖުލައި މަހުގެ ނިޔަލަށް މުޅި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މަގު ހެދުމުގެ އެހެނިހެން ސެގްމެންޓްތަކުގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށްދާކަން ޝަރްވަސް ފާހަގަކުރެއްވިއެވެ. ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ ސެގްމެންޓްގައި މިވަގުތު ކުރިއަށްދަނީ ޝީޓްޕައިލް ކުރުމާއި، ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓު ކޭބަލްތަކަށް ބޭނުންވާ ޖަންކްޝަންތަކާއި ހޮޅިވަޅުލުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި ދުވާރު ހެދުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. ޖޫން މަސް ނިމުމުގެ ކުރިން މި ހުރިހާ ސަރަޙައްދެއްގައި ތާރުއަޅަން ތައްޔާރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު އަލުން ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިއްޒުއްދީން ފާލަމުން ފެށިގެން ގޮސް ހެންވޭރު ފެރީ ޓާމިނަލާ ދެމެދުގައިވާ 700މީޓަރުގެ ސަރަޙައްދެވެ. މިއީ މާލޭގެ އާންމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުއިފަސޭހަކަމެއް ގެނެސްދޭނެ މުހިންމު މަސައްކަތެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk