
ބޭންކް އެކައުންޓް ކުއްޔަށް ހިފުމަށް އާއްމުވާ އިޝްތިހާރުތަކަށް ސަމާލުވޭ: ފުލުސް

މުހައްމަދު މުޝްރިފް - 09 މޭ 2026 - 07:40
މީސްމީޑިއާގެ އެކި މަންސަތަކުގައި، ހާއްސަކޮށް ޓިކްޓޮކް އަދި ޓެލެގްރާމް މެދުވެރިކޮށް، އަމިއްލަ އެކައުންޓްތައް ކުއްޔަށް ދިނުމުން އުޖޫރައެއް ދޭނެކަމަށް ބުނެ ކުރާ އިޝްތިހާރުތައް އިތުރުވަމުންދާތީ އެކަމަށް ސަމލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ މިފަދަ އަމަލުތަކަކީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވާ، އަދި ގާނޫނީގޮތުންނާއި މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަންކަން ކަމުގައެވެ.
މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ކޮންމެ އެކައުންޓަކީވެސް އެ ފަރާތެއްގެ އަމިއްލަ ބޭނުމަށް އެކަނި ބޭނުންކުރަންޖެހޭ އެއްޗެކެވެ. އެކައުންޓް އެހެން މީހަކަށް ދިނުމަކީ "މަނީ މިއުލް" އެއްގެ ގޮތުގައި ކުށްކޮށްގެން ހޯދާ ފައިސާ ދައުރުކުރުމުގައި ބައިވެރިވުމެވެ. މިފަދަ ހާލަތްތަކުގައި، އެއީ ކާކުކަން ނޭނގޭ ފަރާތަކުން ކުރި ކަމެއް ކަމަށް ބުނެ ޒިންމާއިން ބަރީއައެއް ނުވެވޭނެއެވެ.
މީގެ އިތުރުން، ބޭންކިންގ ގާނޫނާ ހިލާފަށް ޕިން ނުވަތަ އޯޓީޕީ ފަދަ މައުލޫމާތު ހިއްސާކުރުމަކީ ކަސްޓަމަރުގެ އިހުމާލެއް ކަމަށް ބެލެވޭނެއެވެ. މީގެ ސަބަބުން ލިބޭ މާލީ ގެއްލުމަކަށް ބޭންކުން ޒިންމާ ނުއުފުލާނެއެވެ. އަދި ޝައްކުކުރެވޭ މުއާމަލާތެއް ހިނގައިފިނަމަ އެކައުންޓް ފްރީޒްކޮށް، މުސްތަގުބަލުގައި ބޭންކިންގ ހިދުމަތް ހޯދުމަށް ހުރަސް އެޅިދާނެއެވެ.
ކުށްކުރާ ފަރާތްތަކުން އާންމުންގެ އެކައުންޓްތައް ބޭނުންކުރަނީ މަކަރާއި ހީލަތުން ފޭރޭ ފައިސާގެ އަސްލު އޮޅުވާލުމަށެވެ. އެހެންކަމުން، އެއްވެސް ފަރާތަކާ އެކައުންޓް މައުލޫމާތު ހިއްސާ ނުކުރުމަށާއި، މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ. ޝައްކުކުރެވޭ ކަމެއް ފާހަގަވެއްޖެނަމަ 911 ނުވަތަ އެންޓި-ސްކޭމް ސެންޓަރުގެ ނަންބަރު 125 ގެ އެކްޓެންޝަން 2020 އަށް ގުޅައި ރިޕޯޓްކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގު ސެގްމެންޓް ފަހެއްގެ ބޮޑުބައި ނިމިއްޖެ: އެމްޓީސީސީ
4 ގަޑިއިރު ކުރިން

ޕްރިފަރެންޝަލް ވޯޓިންގ ނިޒާމް ތަޖުރިބާކޮށްލަން ފެނޭ: ރައީސް ނަޝީދު
4 ގަޑިއިރު ކުރިން

މެންބަރުކަން ކުރެއްވި ރާމިޒް އަވަހާރަވެއްޖެ
5 ގަޑިއިރު ކުރިން

ފުރަތަމަ ފަހަރަށް މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓު އަމުރެއް ނެރެފި
11 ގަޑިއިރު ކުރިން


.gif&w=3840&q=75)