logo

ޕްރިފަރެންޝަލް ވޯޓިންގ ނިޒާމް ތަޖުރިބާކޮށްލަން ފެނޭ: ރައީސް ނަޝީދު

profile

މުޙައްމަދު ފަޟްލޫން - 09 މޭ 2026 - 07:43

ޕްރިފަރެންޝަލް ވޯޓިންގ ނިޒާމަށް ތާއީދުކުރައްވާ ކަމަށާއި އެނިޒާމް ތަޖުރިބާކޮށްލައްވަން ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ނިއުޒީލަންޑް ފަދަ ޤައުމުތަކުގައި މި ނިޒާމު މިހާރުވެސް ކާމިޔާބުކަމާއެކު އަންނަނީ ތަންފީޛުކުރަމުންނެވެ.

މި ނިޒާމުގެ ތެރެއިން، ވޯޓުލާ ފަރާތްތަކަށް އެންމެ އިސްކަންދޭ ކެންޑިޑޭޓުގެ އިތުރުން، ދެވަނަ އަދި ތިންވަނަ އިހްތިޔާރެއް ކަނޑައެޅުމުގެ ފުރުސަތު މަގުފަހިވެގެންދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް އާބާދީގެ ނިސްބަތުން ބަހާލެވިފައި އޮތް ނަމަވެސް، ނޭޝަނަލް ލިސްޓު އުސޫލުން ނުވަތަ މުޅި ގައުމަކީ އެއް ދާއިރާއެއްގެ ގޮތުގައި ބަލައިގެން ވޯޓުލެވޭނެ މަގެއް ފަހިވެފައި އޮތުން މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕްރިފަރެންޝަލް ވޯޓިންގް އަކީ ވޯޓުލާ މީހާ އެކަކަށްވުރެ ގިނަ ކެންޑިޑޭޓުން އިސްކަންދޭ ތަރުތީބުން (1، 2، 3 ޖަހައިގެން) ފާހަގަކުރާ ނިޒާމެކެވެ.

މި ނިޒާމުގައި ކެންޑިޑޭޓަކު ހޮވުމަށް %50 އަށްވުރެ ގިނަ ވޯޓު ބޭނުންވާއިރު، ފުރަތަމަ އިޚްތިޔާރުން އެ އަދަދު ހަމަނުވެއްޖެނަމަ އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓުން އުނިކޮށް، އެމީހުންގެ ވޯޓުތައް ދެވަނަ އިޚްތިޔާރުގެ ގޮތުގައި ފާހަގަކޮށްފައިވާ ކެންޑިޑޭޓުންނަށް ބަދަލުކުރެވެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ޕްރިފަރެންޝަލް ވޯޓިންގ ނިޒާމު ރާއްޖެއަށް ތައާރަފްކުރުމަށް ތާއީދުކުރައްވާ ކަމަށް މީގެކުރިން ވިދާޅުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk