
ފުރަތަމަ ފަހަރަށް މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓު އަމުރެއް ނެރެފި

މުޙައްމަދު ފަޟްލޫން - 09 މޭ 2026 - 01:05
މަސްތުވާތަކެތީގެ ޚިދުމަތް ދޭ ތަނެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މާލޭގެ ގެއެއް ކަމަށްވާ ހ. ގުންޒަރު އެވެ.
ކޯޓު އަމުރުގައިވާ ގޮތުން، 5 މެއި 2026 އިން ފެށިގެން 90 ދުވަހުގެ މުއްދަތަށް އެތަން ބަންދުކުރުމަށް ވަނީ ކަނޑައަޅާފައެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ދިނުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިދީ، އަދި އެފަދަ ތަންތަން ގިނަވެގެން ތިން މަސްދުވަހަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭގޮތަށް މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ 7 މާރިޗު 2026 ގައެވެ.
ޤާނޫނުގައި ބަޔާންކުރާ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ 5 އަހަރުގެ ޖަލު ހުކުމަކާއެކު، 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.
މި އަމުރުގެ ދަށުން ބަންދުކުރެވޭ ތަންތަނަށް ގެއްލުން ދިނުމާއި، ހުއްދަނެތި އެފަދަ ތަންތަނަށް ވަދެނިކުމެ އުޅޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގު ސެގްމެންޓް ފަހެއްގެ ބޮޑުބައި ނިމިއްޖެ: އެމްޓީސީސީ
4 ގަޑިއިރު ކުރިން

ޕްރިފަރެންޝަލް ވޯޓިންގ ނިޒާމް ތަޖުރިބާކޮށްލަން ފެނޭ: ރައީސް ނަޝީދު
4 ގަޑިއިރު ކުރިން

ބޭންކް އެކައުންޓް ކުއްޔަށް ހިފުމަށް އާއްމުވާ އިޝްތިހާރުތަކަށް ސަމާލުވޭ: ފުލުސް
4 ގަޑިއިރު ކުރިން

މެންބަރުކަން ކުރެއްވި ރާމިޒް އަވަހާރަވެއްޖެ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)