
މެންބަރުކަން ކުރެއްވި ރާމިޒް އަވަހާރަވެއްޖެ

އައިމިނަތު ޒައިބާ - 09 މޭ 2026 - 06:54
ރައްޔިތުންގެ މަޖިލީހުގެ ގއ. އަތޮޅުގެ މެންބަރުކަން ކުރީން ކުރައްވާފައިވާ، ގއ. ވިލިނގިއްޔަށް އުފަން ގ. ލިފަދޫ މުޙައްމަދު ރާމިޒް ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު ރަމީޒް އަވަހާރަވީ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ރާމިޒު އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ.
މުޙައްމަދު ރާމިޒަކީ ވިލިނގިއްޔަށާއި މުޅި ގއ. އަތޮޅަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް، ދުނިޔެއާ ވަކިވެވަޑައިގަންނަވަންދެން ވެސް އޭނާއަކީ ނިކަމެތިންނާއި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ނުހަނު ދީލަތިކަމާއެކު އެހީތެރިކަން ފޯރުކޮށްދެއްވި ދީލަތި މަދަދުގާރެކެވެ.
ރާމިޒު މިއަދު އަވާހާރާވީއިރު އުމުރުފުޅަކީ 74 އަހަރެވެ. ހާއްސަ މަޖިލީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިގިލީ ދާއިރާގެ މެންބަރުކަން ކުރެއްވި ރާމިޒަކީ، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ނައިބު ރައީސްކަން ވެސް ރާމިޒު ކުރެއްވާފައިވެ އެވެ.
ރާމިޒްބެ ވަކިވުމަކީ ވިލިނގިލީގެ ރައްޔިތުންނަށާއި އާއިލާއަށް ލިބުނު ފުން ހިތާމައެކެވެ.
ރާމިޒު އަވަހާރާވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވެސް މިއަދު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގު ސެގްމެންޓް ފަހެއްގެ ބޮޑުބައި ނިމިއްޖެ: އެމްޓީސީސީ
4 ގަޑިއިރު ކުރިން

ޕްރިފަރެންޝަލް ވޯޓިންގ ނިޒާމް ތަޖުރިބާކޮށްލަން ފެނޭ: ރައީސް ނަޝީދު
4 ގަޑިއިރު ކުރިން

ބޭންކް އެކައުންޓް ކުއްޔަށް ހިފުމަށް އާއްމުވާ އިޝްތިހާރުތަކަށް ސަމާލުވޭ: ފުލުސް
4 ގަޑިއިރު ކުރިން

ފުރަތަމަ ފަހަރަށް މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓު އަމުރެއް ނެރެފި
11 ގަޑިއިރު ކުރިން


.gif&w=3840&q=75)