logo

ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭއިރު އުފާ ފާޅުކުރަން މިރޭ އެއްވުންތައް ނުބާއްވަން އިލްތިމާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 19 ޖުލައި 2026 - 14:49

މިރޭ އޮންނަ ވޯލްޑް ކަޕް ފައިނަލް މެޗަށްފަހު، ގްރޫޕް ހަދައިގެން އެއްވުމާއި ސައިކަލު ބުރުޖެހުން ފަދަ އާންމު އުނދަގުލަކަށް ވެދާނެ ކަންކަން ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

އާޖެންޓީނާއާއި ސްޕެއިން ބައްދަލުކުރާ މި ފޯރިގަދަ މެޗަށް ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި، މުޖުތަމައުގެ އަމާންކަން ގެއްލިދާނެ އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

މެޗު ކުޅޭ ވަގުތަކީ ދަންވަރުގެ ވަގުތަށް ވުމާއެކު، އެއީ ގިނަ ބަޔަކު އަރާމުކުރާނެ ވަގުތެއްކަން ފާހަގަކޮށް ފުލުހުން ބުނީ، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ އާންމުންނަށް އުނދަގޫވާނެ ކަންކަމުން ދުރުހެލިވާންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، ދަތުރުފަތުރަށް ހުރަސް އެޅޭ ގޮތަށް މަގުމަތީގައި އުޅަނދުތައް މަޑުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވެ އުޅުމާއި ސައިކަލު ބުރުޖެހުން ފަދަ ހަރަކާތްތައް ނުބޭއްވުމަށް ވެސް ފުލުހުން ވަނީ އަންގާފައެވެ.

ފުލުހުން އިތުރަށް ފާހަގަކުރި ގޮތުގައި، މިފަދަ އަމަލުތަކުގެ ސަބަބުން އަވަށްޓެރިންނަށާއި މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެދާނެއެވެ.

މެޗުގެ ފޯރީގައި ބައިވެރިވާއިރު ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި އަވަށްޓެރިންގެ ހައްގުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ރާއްޖެ ގަޑިން މިރޭ ދަންވަރު 12:00 ގައި ފަށާ މި ފައިނަލް މެޗުގައި ބައްދަލުކުރާނީ ސްޕެއިން އާއި އާޖެންޓީނާއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk