logo

ދިއްދޫގައި ތަރައްޤީ ކުރަމުން އަންނަ 75 ރޯހައުސްގެ މަސައްކަތް ނިމެނީ

profile

އާމިނަތު ޝަޒްލާ - 20 ޖުލައި 2026 - 11:43

ހއ. ދިއްދޫގައި ސަރުކާރުން ތަރައްޤީކުރާ 75 ރޯހައުސްގެ މަޝްރޫޢުގެ 98.55 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

https://wamco.com.mv/

2022 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢު ނިމުމަކާ ގާތްވެފައިވާއިރު، މިހާރު ކުރިއަށްދަނީ ބަދިގެތަކާއި ފާޚާނާތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި މަޝްރޫޢުގެ ދަށުން ބިނާކުރަނީ 700 އަކަފޫޓުގެ، ދެ ބުރީގެ 75 ރޯހައުސްއެވެ. މީގެ ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ގުދަނެއް ހިމެނެއެވެ.

ހއ. އަތޮޅުގެ ވެރިކަން ކުރާ ދިއްދޫއަކީ މާލެ ފިޔަވައި ރާއްޖޭގެ އުތުރުން ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. އެ ރަށުގެ ރަޖިސްޓްރީވެފައިވާ އާބާދީއަކީ 5،000 ކަމުގައިވީ ނަމަވެސް، ތަޢުލީމާއި ޞިއްޙީ ފަރުވާ ފަދަ ޚިދުމަތްތައް ހޯދުމަށް އެ ރަށަށް ހިޖުރަކޮށްގެން އުޅޭ މީހުންނާއެކު އާބާދީ 7،000 އަށް އަރައެވެ. އާބާދީ ހަލުވިކަމާއެކު އިތުރުވަމުންދާ މި ރަށަކީ ފެންވަރު ރަނގަޅު ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވެފައިވާ ރަށެކެވެ.

އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 120 މިލިއަން ރުފިޔާއެވެ. މީގެ ކުރިން 2008 ވަނަ އަހަރުވެސް އެ ރަށުގެ ބިން ހިއްކައި، 250 ރޯހައުސް އިމާރާތްކޮށް ރައްޔިތުންނަށް ފޯރުކޮށްދީފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk