logo

ޗައިނާ އިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 20 ޖުލައި 2026 - 13:28

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކަށް ޗައިނާ ވެއްޖެއެވެ.

https://wamco.com.mv/

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 195،363 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން 167،317 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 92،727 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ޖުމްލަ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 1,173,922 ފަތުރުވެރިންނެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1,231,844 ފަތުރުވެރިންނާ އަޅާބަލާއިރު 4.7 އިންސައްތައިގެ ދަށްވުމެކެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ޖުލައި މަހު 125,891 ފަތުރުވެރިން ޒިޔާރަތްކޮށްފައިވީ ނަމަވެސް، މި އަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 104,040 އަށް ދަށްވެފައެވެ.

2024 ވަނަ އަހަރުގެ މި މުއްދަތާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1,121,069 އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk