
ވޯލްޑް ކަޕްގެ ރަން ބޫޓު ދެވަނަ ފަހަރަށް އެމްބާޕެ ހޯދައިފި

މުޙައްމަދު ފަޟްލޫން - 20 ޖުލައި 2026 - 11:48
މިއަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ނުވަތަ ގޯލްޑަން ބޫޓް ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އަށް ލިބިއްޖެއެވެ.
މިއީ އެމްބާޕޭ މި ޝަރަފުވެރި އެވޯޑު ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
މި މުބާރާތުގެ ހަތަރުވަނަ މަގާމު ހޯދި ފްރާންސް ޓީމަށް އެމްބާޕޭ ޖުމްލަ 10 ލަނޑު ޖަހައިދީ ހަތަރު އެސިސްޓް ހަދައިދީފައިވާއިރު، މެސީ މުބާރާތް ނިންމާލީ އަށް ލަނޑާއި ހަތަރު އެސިސްޓާއެކުގައެވެ.
ވޯލްޑް ކަޕުގައި މެސީ އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން، ލަނޑެއް ނުވަތަ އެސިސްޓެއް ހާސިލްނުކުރެވި މެޗެއް ނިންމާލަން ޖެހުނު ފުރަތަމަ ފަހަރަކީ މިއަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗެވެ.
ނިމިދިޔަ ހޮނިހިރު ދުވަހު ކުޅުނު ތިންވަނަ ހޮވާ މެޗުން އިންގްލެންޑް އަތުން 6-4 އިން ފްރާންސް ބަލިވި ނަމަވެސް، އެމްބާޕޭ ވަނީ އެ މެޗުގައި ދެ ލަނޑު ޖަހައި އެއް އެސިސްޓް ހަދައިފައެވެ.
މިއާއެކު އޭނާ ވެފައިވަނީ 1970 ވަނަ އަހަރު ޖަރުމަނުގެ ގާޑް މުލާ 10 ލަނޑު ހަމަކުރި ފަހުން، އެއް ވޯލްޑް ކަޕެއްގައި 10 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ނިމިދިޔަ ގަތަރު ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފައިވާއިރު، މިއީ މި ޝަރަފު އޭނާ ޖެހިޖެހިގެން ހާސިލުކުރި ދެވަނަ ފަހަރެވެ
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި
10 ގަޑިއިރު ކުރިން

ހެލިކޮޕްޓަރުގެ ހިދުމަތް ފެށުން ލަސްވަނީ މަޝްރޫއުގެ ބޮޑުކަމުން: އަމީން
13 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ފެންހިންދާ ނިޒާމާއި ކަނޑޫފާތައް ބެލެހެއްޓުމާއި ގުޅޭ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަނީ
13 ގަޑިއިރު ކުރިން

ގުޅުންތަކުގެ ވިންދު - ދެމަފިރިންގެ ދެމެދުގައި އޮންނަ އިތުބާރު
13 ގަޑިއިރު ކުރިން


