logo

މާލެ ސިޓީއާ ގަމު ކައުންސިލް ގުޅިގެން މަސައްކަތްކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް!

profile

އާމިނަތު ޝަޒްލާ - 20 ޖުލައި 2026 - 13:39

މާލެ ސިޓީ ކައުންސިލާއި ހައްދުއްމަތީ ގަމު ކައުންސިލާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ގަމު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

https://wamco.com.mv/

މާލެ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ދެ ކައުންސިލްގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުންދީ، މަޢުލޫމާތު ހިއްސާކުރުމުގެ އުސޫލުތައް މިހާރަށްވުރެ ހަރުދަނާކުރުމެވެ. މި ބައްދަލުވުމުގައި، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ދެ ކައުންސިލް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ދެ ފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ހައްދުއްމަތީ ގަމު ކައުންސިލްގެ މުއައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުން ހިމެނެއެވެ. އެގޮތުން، ކައުންސިލް ހިންގުމުގެ ދާއިރާއަށާއި ޒަމާނީ ޓެކްނޮލޮޖީއަށް މުއައްޒަފުން އަހުލުވެރިކުރުވުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް ހިންގުމާ ބެހޭގޮތުން ދެ ކައުންސިލުން ވަނީ ވާހަކަދައްކަވާފައެވެ.

ގަމު ކައުންސިލްގެ ފަރާތުން މި ބައްދަލުވުމުގައި ފާހަގަކުރެއްވި ގޮތުގައި، މާލެ ސިޓީ ކައުންސިލް ފަދަ ތަޖުރިބާކާރު އިދާރާއެއްގެ އެހީތެރިކަމާއި ތަޖުރިބާ ލިބުމަކީ ގަމު ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމެކެވެ.

މޭޔަރު އާދަމް އާޒިމް ބޭއްވެވި މި ބައްދަލުވުމަކީ ރާއްޖޭގެ އެކި ކައުންސިލްތަކާއެކު ގާތް ގުޅުމެއް ބާއްވައި، ތަޖުރިބާ ހިއްސާކުރުމަށް މާލެ ސިޓީ ކައުންސިލުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްދިޔަ މުހިންމު ބައްދަލުވުމެކެވެ. މީގެ ސަބަބުން ދެ ކައުންސިލްގެ އިދާރީ ހިންގުމަށާއި، ރައްޔިތުންގެ ލާބައަށް ކުރެވޭ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk