logo

12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފި

profile

މުޙައްމަދު ފަޟްލޫން - 16 ޖުލައި 2026 - 05:56

މިހާތަނަށް 12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

https://wamco.com.mv/

އިމިގްރޭޝަނުން މީޑިއާތަކަށް ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް އަންނަނީ ނިޒާމީ ގޮތެއްގައި ކުރަމުންނެވެ.

17 ނޮވެމްބަރު 2023 އިން ފެށިގެން 13 ޖޫން 2024 ގެ ނިޔަލަށް ޖުމްލަ 12,552 ބިދޭސީން ވަނީ ރާއްޖޭން ފޮނުވާލާފައެވެ.

އޭގެ ތެރޭގައި ހުއްދަނެތި ވިޔަފާރިކުރާ މީހުންނާއި، އުޅުމުގެ ހުއްދަ ނުވަތަ ލިޔެކިޔުންތައް ފުރިހަމަނޫން މީހުން ހިމެނެއެވެ.

ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގެ ދަށުން، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ރަށްރަށާއި، ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ހާއްސަ ރެއިޑްތައް އޮޕަރޭޝަންތައް ކުރިއަށް ގެންދެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ހޯދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ރާއްޖޭގައި ސައްހަ ވޯކް ޕާމިޓާއެކު މަސައްކަތްކުރާ ބިދޭސީންގެ އަދަދަކީ 208,937 އެވެ.

މީގެ އިތުރުން، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ކުރަނގި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 2 ލައްކައަށްވުރެ ގިނަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތާއި އިނގިލީގެ ނިޝާން ވަނީ ނަގާފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު އިމިގްރޭޝަން ވޮޗް ޕޯޓަލް މެދުވެރިކޮށް ރިޕޯޓްކުރުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk