
ރައީސް އައްޑޫގައި
އައްޑޫއަށް އުފާވެރި މެސެޖެއް: ޝަންގްރިއްލާގެ މައްސަލަ ހައްލު ކޮށްދޭން - ރައީސް

އަހުމަދު ޒަލީފު - 13 ޖެނުއަރީ 2023 - 16:02
އައްޑޫގެ ތަރައްޤީއާއި އެންމެ ބޮޑަށް ގުޅިގައިވާ ތަނަކީ ޝަންގްރިއްލާ ރިސޯޓް ކަމަށާއި، އައްޑޫ ރައްޔިތުން އެދޭ ނަމަ އެ ރިސޯޓްގެ މައްޗަށް އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައި، އެ ރިސޯޓުގެ މަންފާ އައްޑު އަތޮޅަށް ލިބޭގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އައްޑޫ ރައްޔިތުންނާއި ބައްދަލުކޮށް މިއަދު ހަވީރު ދެއްކެވި ވާހަކަ ފުޅުގައެވެ.
އައްޑޫގެ ތަރައްޤީއާއި ގުޅިފައިވާ އެންމެ ބޮޑު އެއް ކަމަކީ ޝަންގްރިއްލާ ރިސޯޓުގެ މައްސަލަ. އެވެސް ފެށިގެން އައިގޮތް އަޅުގަނޑު ހިތުން މި ސިޓީގެ ރައްޔިތުންނަށް ސާފުވާނެ. ސަރުކާރުގެ ހިއްސާއާއި އެކުގައި، އޭރު ސަރުކާރުގައި ތިބި ވަކި ބަޔަކާއި އެކު ޖޮއިންޓް ވެންޗާއެއް ހަދައިގެން . އެއްވެސް ސަރުކާރަކުން މިހާތަނަށް އައިއިރު އެތަނަށް ވާނުވާ ބަލަމަކުން ނޫން އައިކީ. އެންމެ ފަހުން އެތަން ހުއްޓި ޝަންގްރިއްލާ ރިސޯޓް ހުޅުވޭނީ ކިހިނެއްތޯ ބެލި އިރުގައި ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ގެއްލެމުން ދާ ތަނެއްގެ ގޮތުގައި އެތަން އޮތީ - ރައީސް
އިތުރަށް ރައީސް ވިދާޅުވީ، ޝަންގްރިއްލާ ރިސޯޓާއި މެދު ޢަމަލު ކޮށްފައި އޮތް އެއްވެސް ސަރުކާރަކުން ބަލާފައިނުވާ ކަމަށާއި، ޤާނޫނީ ގޮތުން ހިއްސާ ދޫކޮށްލުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލު މިހާރު ގެނެސްފައިވާ ކަމަށެވެ.
އަޅުގަނޑުމެން މިއަދު ބޭނުންވީ އެތަން ހިންގޭނެ ގޮތެއް ހޯދަން އެއީ އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި އެ ފަދަ ޖޮއިންޓް ވެންޗާއެއްގައި ސަރުކާރުގެ ހިއްސާއެއް އޮވެގެންނެއް ވިޔަފާރިއެއް ނުކުރެވޭނެ. އެހެންކަމުން ސަރުކާރުގެ ހިއްސާ ދޫކޮށްލެވޭނީ ކިހިނެއްތޯ ބަލާ ހޯދާ ޤާނޫނަށް ގެންނަންވާ ބަދަލު އަޅުގަނޑުމެން މިހާރު ވަނީ ގެނެސްފަ - ރައީސް
ރައްޑޫ ރައްޔިތުން ބޭނުންވާ ކަމުގައިވާނަމަ، އެ ރިސޯޓާއި މެދު އިޙުމާލުވެފައިވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހިއްސާ ދޫކޮށްލަން ބެލިއިރުގައި ވޭތުވެދިޔަ ތަނުގައި ކުންފުނި ހިންގާފައި އޮތީ ގެއްލުމުގަ. އެހެންގޮސް ސަރުކާރުގެ ހިއްސާ އަކީ ކިހާވަރެއްތޯ ބެލިއިރުގައި އެ އޮތީ ނެގެޓިވްކޮށް. އަޅުގަނޑުމެން ހިއްސާ ދޫކޮށްލާކަމަށް ވަންޏާމު ހަތްދިހަ މިލިއަން ޑޮލަރު އެބަ ދައްކަންޖެހޭ. އައްޑޫ ސިޓީ ރައްޔިތުން ބޭނުންވާ ކަމަށް ވަންޏާމު އަޅުގަނޑުމެން މިތިބީ ހިއްސާ ދޫކޮށްލާފައި އެކަން ކުރެވޭނެ ގޮތަކަށް މަސައްކަތް ކުރަން - ރައީސް
ކުރިއަށް އޮރް ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް އައްޑޫ ރައްޔިތުންގެ ކިބައިން އެމަނިކުފާނު ވަނީ އެދިވަޑައިގަންނަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން