ބޮޑުތަކުރުފާނު މަގުހެދުމުގެ ދެވަނަ ސެގްމެންޓް މަސައްކަތް ނިންމާލުމުގެ ރަސްމިއްޔާތު: ފޮޓޯ ރިލްވާން މޫސާ
ބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގްމެންޓުގެ މަސައްކަތް ނިންމާލައިފި

ރިޟްވާން މޫސާ - 15 ފެބްރުއަރީ 2026 - 13:51
މާލޭ ނޯތު ހާބަރާއި ދިމާލު ބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގުމެންޓުގެ މަސައްކަތް މިއަދު ނިންމާލައިފި އެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމައި، ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރު ސަރަހައްދާއި، ހަމައަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރު މިވަނީ މުޅިން ނިންމާފަ އެވެ.
އެމްޓީސީސީން ކުރިއަށް ގެންދިޔަ މި މަޝްރޫއު ނިންމާލުމަށް މިއަދު އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދިޔަ މި މަސައްކަތައް ވަރަށް ބޮޑެތި އެހީތެރިކަން އެކި ފަރާތްތަކުންވެސް ލިބުނު ކަމަށޭވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަގު ހުޅުވުމުން މި ސަރަހައްދުގައި ދަތުރުފަތުރު ކުރާ ފަރާތްތަކާއި ވިޔަފާރިވެރިންނަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޔޅު ދައްކަވަމުން އެމްޓީސީސީ ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ(ރޓ) އަހުމަދު ސައުދީ ވިދާޅުވީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި، ނަމަވެސް މުއްދަތަށް މަސައްކަތް ނިންމާލެވުމުގައި ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ އެހީތެރިކަމާއި، ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަން ލިބުިނު ކަމަށެވެ.
ސައުދީ ވިދާޅުވީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހި ވަރަށް އަވަހަށް ފަށްޓަން ހަމަޖެހިފައިވާ ކަމަށާއި، އަންނަ ރަމަޝޯން މަހުގެ ތެރޭގައި ތިންވަނަ ފިޔަވަހީގެ މަގުހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މަޓީގެ ޗެއާޕާސަނަކަށް ޗަމްޕާ ހުސައިން އަފީފު
9 ގަޑިއިރު ކުރިން

މިދިޔަ މަހު ދައުލަތަށް 4.45 ބިލިއަން ރުފިޔާގެ އާމްދަނީއެއް
9 ގަޑިއިރު ކުރިން

އީރާނުގައި މުޒާހަރާ ކުރީ އެމެރިކާ ބައިއަތު ހިފައިގެން ކަމަށް ފަޅާ އަރައިފި
14 ގަޑިއިރު ކުރިން

ގާޒާގެ ރައްޔިތުންނަށް އަނިޔާދިނުން މިހާރުން މިހާރަށް ހުއްޓާލުމަށް އެފްރިކާއިން ގޮވާލައިފި
14 ގަޑިއިރު ކުރިން


.gif&w=3840&q=75)