logo

މަޓީގެ ޗެއާޕާސަނަކަށް ޗަމްޕާ ހުސައިން އަފީފު

profile

ރިޟްވާން މޫސާ - 15 ފެބްރުއަރީ 2026 - 13:49

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އާ ޗެއާޕާސަނަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފު މިއަދު އިންތިޚާބުކޮށްފިއެވެ.

https://wamco.com.mv/

މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާ މިއަދު ކުރުބާ މޯލްޑިވްސްގައި ބާއްވާފައިވާއިރު ޗަންޕާ ހުސެއިން އަފީފް އެ މަގާމަށް އައްޔަން ކޮށްފައިވާކަން އިއުލާނުކޮށްފައި ވަނީ މި ރަސްމިއްޔާތުގަ އެވެ.

އަފީފަކީ މީގެ ކުރިން ވެސް މަޓީގެ އެކި އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

މަޓީގެ ހިންގުމަށް މި ގެނައި ބަދަލަކީ ޗެއާޕާސަން ކަމުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވުމާ ގުޅިގެން އެ މަގާމު ހުސްވެފައި އޮތުމަށްފަހުއެވެ. އެމްޔޫ މަނިކަކީ ރާއްޖޭގެ ޒަމާނީ ފަތުރުވެރިކަން ބައްޓަންކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބާނީއެވެ.

އަހަރީ އާންމު ޖަލްސާގައި އެސޯސިއޭޝަނުން ފާއިތުވި އަހަރު ކޮށްފައިވާ މަސައްކަތްތަކާއި، މާލީ ރިޕޯޓު އަދި ކުރިއަށް އޮތް އަހަރުގެ ސްޓްރެޓީޖިކް ޕްލޭންތަކާ ގުޅޭގޮތުން މެންބަރުން ވަނީ މަޝްވަރާކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk