
އީރާނުގައި މުޒާހަރާ ކުރީ އެމެރިކާ ބައިއަތު ހިފައިގެން ކަމަށް ފަޅާ އަރައިފި

ރިޟްވާން މޫސާ - 15 ފެބްރުއަރީ 2026 - 08:32
އީރާނުގައި އެގައުމުގެ ރައްޔިތުން ނުކުމެ ކުރަމުންދާ މުޒާހަރާގައި އެމެރިކާއިން ބައިއަތު ހިފައި މުޒާހަރާގެ ބައިވެރިން ހޫނު ކުރުމަށް މަސައްކަތް ކުރިކަމަށް ކަމަށް ފަޅާ އަރައިފި އެވެ.
އީރާނުގައި ކުރަމުންދާ މުޒާހަރާ ގައި އެމެރިކާގެ އަތެއް ވާ ކަމަށް އީރާނުން ވަނީ ތަކުރާރުކޮށް މީގެ ކުރިން ތުހުމަތު ތަކެއްވެސް ކޮށްފަ އެވެ.
އީރާނުން ބުނެފައި ވަނީ އެމެރިކާއިން އަޑީގައި އޮވެ އީރާނުގެ ވެރިކަން ވައްޓާލުމަށް މުޒާހަރާގެ ބައިވެރިންނަށް ހިތްވަރުދީ ބަޢާވާތެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އީރާނުގެ ރިޔާލްގެ އަގު ވައްޓާލައި، އެގައުމުގެ ރައްޔިތުން މުޒާހަރާއަށް ނެރުމަށް، ޑޮލަރު ލިބުން ތާށިކުރިކަމަށް އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވަނީ ވިދާޅުވެފަ އެވެ.
މުޒާހަރާތަކުގެ ތެރެއިން ސަލާމަތީ ބާރުތަކާ ވަރުގަދަ ކުރިމަތިލުންތައް ހިނގައި، ހިންގި ހަމަނުޖެހުންތަކުގައި 6،800އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ޑޮލަރު ތާށިކުރުމަށްޓަކައި، އީރާނުން މުދާ ބޭރުކުރުމަށް ހުރަސްއަޅައި، އެމެރިކާގެ މާލީ ބާޒާރުން މުޢާމަލާތްކުރުން ހުއްޓުވައިލުމުން، ބޭރުން މުދާ ގަނެވޭ މިންވަރަށް ޑޮލަރު ނުލިބި، ތަކެތީ އަގު އިންތިހާއަށް އުފުލިގެންދިޔުމަށް އެމެރިކާއިން މަގުފަހިކޮށްދީފައިވާކަމަށް ތަޖުރިބާކާރުން ޤަބޫލުކުރައްވައެވެ.
ގުޅުން ހުރި ޙަބަރުތައް

ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި
9 ގަޑިއިރު ކުރިން

އެމެރިކާ އާއި އިޒުރޭލުން އަމިއްލަ މަހާނަ ކޮންނަނީބާ؟
19 ގަޑިއިރު ކުރިން

ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި
20 ގަޑިއިރު ކުރިން

އެލައިޑް ހެލްތު ޕްރޮފެޝަނަލުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް
20 ގަޑިއިރު ކުރިން


.gif&w=3840&q=75)