
މިދިޔަ މަހު ދައުލަތަށް 4.45 ބިލިއަން ރުފިޔާގެ އާމްދަނީއެއް

ރިޟްވާން މޫސާ - 15 ފެބްރުއަރީ 2026 - 13:49
ނިމިދިޔަ ޖަނަވަރީ މަހު އާމްދަނީގެ ގޮތުގައި ދައުލަތަށް ޖުމްލަ 4.45 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނި ގޮތުގައި މިއީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 33.1 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
އާންމުދަނީ އިތުރުވެފައި ވަނީ ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ނިސްބަތުން އިތުރުވެފައިވާތީ އެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރާ އަޅާބަލާއިރު 2025 ޑިސެމްބަރުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7.4 އިންސައްތަ އިތުރުވުމުން، ޓީ.ޖީ.އެސް.ޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސްތަކަށް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ.
ޖުމްލަ އާމްދަނީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ވަނީ ޖީ.އެސް.ޓީ އާއި އިންކަމް ޓެކްސް އިންނެވެ. އެގޮތުން ޖީ.އެސް.ޓީގެ ގޮތުގައި 1.79 ބިލިއަން ރުފިޔާ (40.4%) ލިބިފައިވާއިރު، އިންކަމް ޓެކްސްގެ ގޮތުގައި 1.54 ބިލިއަން ރުފިޔާ (34.7%) ވަނީ ލިބިފައެވެ.
މީގެ އިތުރުން ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 271 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 222 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރު، ޖުމްލަ 180.42 މިލިއަން އެމެރިކާ ޑޮލަރު ވަނީ ބަލައިގަނެފައެވެ. މީގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ (44.3%) އެވެ.
ގުޅުން ހުރި ޙަބަރުތައް

ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި
10 ގަޑިއިރު ކުރިން

ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި
20 ގަޑިއިރު ކުރިން

އެލައިޑް ހެލްތު ޕްރޮފެޝަނަލުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް
20 ގަޑިއިރު ކުރިން

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ މައްސަލަޖެހޭނެ ކަމެއް ނޫން: ޑރ ޙަލީލް
20 ގަޑިއިރު ކުރިން


.gif&w=3840&q=75)