
ގާޒާގެ ރައްޔިތުންނަށް އަނިޔާދިނުން މިހާރުން މިހާރަށް ހުއްޓާލުމަށް އެފްރިކާއިން ގޮވާލައިފި

ރިޟްވާން މޫސާ - 15 ފެބްރުއަރީ 2026 - 08:32
ޣައްޒާގެ ރައްޔިތުން ނައްތާލައި ނަސްލުހޭދު ކުރުން ހުއްޓައިލުމަށް އެފްރިކާގެ އިއްތިޙާދު، އޭޔޫއިން ގޮވާލައިފިއެވެ.
އެފްރިކާ އިއްދިހާދުގެ 39ވަނަ ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޔޫގެ މުޤައްރިރު، މަޙްމޫދު ޢަލީ ޔޫސުފް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ވޭނާއި ކެކުޅުމުގެ ފަހަތުގައިވާ އަމަލުތަކަކީ އޭގެ ސަބަބުން މުޅި އިންސާނީ ދަރިފަސްކޮޅަށް އޭގެ ސަބަބުން ސިހުން ގެނުވާ ކަމަށެވެ.
ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތާބެހޭ ޤާނޫނަކީ ބައިނަލްއަޤްވާމީ މުޖުތަމަޢު އޭގެ މައްޗަށް ބިނާވެފައިވާ އަސްލު ކަމަށް ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސް އެޅުން ވަގުތުން ވަގުތަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން އެ ސަހަރަށް ދޭން ފެށި ޙަމަލާތަކުގައި މިހާތަނަށް 72،045 މީހުން ޝަޖީދުކޮށްލައި 171،686 މީހުންނަށް ވަނީ ޒަޅަމް ކޮށްލައިފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ނަމެއްގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ނަމަވެސް ޔަހޫދީން ދަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާގެ ރައްޔިތުންނަށް ޙަަމަލާ ދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހަފްތާއެއް ކުރިން، ކުރި މުޒާހަރާއަކާ ގުޅިގެން، ޝާމިން މިއަދު ހައްޔަރު ކޮށްފި
7 ގަޑިއިރު ކުރިން

ވައި ސާފުވާން ފެށުމުން އިންޑޮނޭޝިއާގެ މައި އެއާޕޯޓުތައް އަލުން ހުޅުވަން ފަށައިފި
9 ގަޑިއިރު ކުރިން

އިންޑޮނޭޝިއާގެ ޕަޕުއާގެ މާރުކޭޓެއްގައި ރޯވެ، 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ
ދުވަހެއް ކުރިން

ދިރާގުގެ އިތުރު ހިއްސާ މި ވަގުތު ސަރުކާރަށް ގަތުމަކީ ބޭކާރު ހަރަދެއް: ރައީސް ނަޝީދު
ދުވަހެއް ކުރިން


