
ކެންދޫއިން އެމްޑީޕީއަށް ބޮޑުތަނުން "ނޫނެކޭ!"

މުހައްމަދު މުޝްރިފް - 05 އޭޕްރީލު 2026 - 17:50
ލޯކަލް އިންތިޚާބުގައި ބ. ކެންދޫ ކައުންސިލްގެ ތިން ގޮނޑި އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ތިން ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ބޮޑުތަފާތަކުން ކާމިޔާބު ކޮށްފި އެވެ.
ކެންދޫ ކައުންސިލް ރައީސް ކަމަށް އިންތިޚާބުވީ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސާން އެވެ. ސާން ވަނީ 454 ވޯޓް ހޯދާފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާނަށް ލިބުނީ 360 ވޯޓެވެ.
ކައުންސިލްގެ އަންހެން މެންބަރު ކަމުގެ ގޮނޑި ހޯދީ ޕީއެންސީގެ ކެންޑިޑޭޓް ނައިލާ ނިޒާރެވެ. ނައިލާ ވަނީ 444 ވޯޓް ހޯދާފަ އެވެ. ނައިލާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ލިއުޝާއަށް ލިބުނީ 342 ވޯޓެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަޤާމަށް އިންތިޚާބުވީ ޕީއެންސީގެ ކެންޑިޑޭޓް ނަޒީރާ އަހްމަދު އެވެ. އޭނާ ވަނީ 329 ވޯޓް ހޯދާފަ އެވެ. ނަޒީރާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިފާއަށް ލިބިފައިވަނީ 265 ވޯޓެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު ކަމުގެ ދެ މަޤާމު ވެސް ލިބުނީ ޕީއެންސީގެ ކެންޑިޑޭޓުންނަށެވެ. އެގޮތުން ޕީއެންސީގެ ކެންޑިޑޭޓް ގަމަރިއްޔާ އަބޫބަކުރާއި ނަޒީރާ އަލީ ވަނީ ކާމިޔާބު ކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތައް ފުޅިމަދުކާން ފަށައިފި
2 ގަޑިއިރު ކުރިން

އެމްޑީޕީ އަށް އައްޑޫ އިން ލިބުނު ކާމިޔާބީ ފާހަގަކޮށްފި
3 ގަޑިއިރު ކުރިން

ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މޫސާ ރަމީޒް އަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
3 ގަޑިއިރު ކުރިން

ގޮންޖެހުންތަކާއެކު ތިނަދޫ ސިޓީ މޭޔަރުކަން ސައުދު ކާމިޔާބު ކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)