
ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މޫސާ ރަމީޒް އަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މުޙައްމަދު ފަޟްލޫން - 05 އޭޕްރީލު 2026 - 17:10
ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މޫސާ ރަމީޒް އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މޫސާ ރަމީޒު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށާއި ށ.އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
މޫސާ ރަމީޒަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި، ވަކީން ހާއްސަކޮށް، ށ.އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ހިދުމަތްތަކެއް ކުރެއްވި އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމާއި ށ.އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަންވެސް ކުރެއްވި ބޭފުޅެކެވެ.






.gif&w=3840&q=75)