logo

ގޮންޖެހުންތަކާއެކު ތިނަދޫ ސިޓީ މޭޔަރުކަން ސައުދު ކާމިޔާބު ކޮށްފި

profile

މުހައްމަދު މުޝްރިފް - 05 އޭޕްރީލު 2026 - 17:10

ފޯރިގަދަ ވާދަވެރިކަމަކަށްފަހު، ތިނަދޫ ސިޓީގެ މޭޔަރުކަން އެމްޑީޕީގެ ކެންޑިޑޭޓް ސައުދު ޢަލީ ކާމިޔާބު ކޮށްފިއެވެ.

https://wamco.com.mv/

​ވަގުތީ ނަތީޖާ ދައްކާގޮތުން ސައުދު މި ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މުޙައްމަދު އަޖީބާ ވާދަކޮށް 48 ވޯޓުގެ ތަފާތުންނެވެ.

​އިންތިޚާބުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސައުދު ޢަލީއަށް ލިބިވަޑައިގަތީ 2,130 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 50.57 އިންސައްތައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި މުޙައްމަދު އަޖީބަށް ލިބިވަޑައިގަތީ 2,082 ވޯޓެވެ. އެއީ 49.43 އިންސައްތަ ވޯޓެވެ.

​މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ 5,919 މީހުންގެ ތެރެއިން 4,395 މީހުން ވަނީ ވޯޓުލާފައެވެ. މިއީ 74.25 އިންސައްތައިގެ ޓާންއައުޓެކެވެ. ވޯޓުލީ މީހުންގެ ތެރެއިން 183 ވޯޓު ބާތިލު ވޯޓުގެ ގޮތުގައި ވަނީ ގުނާފައެވެ.

މި އިންތިޚާބަކީ ސިޔާސީ ގޮތުން ބޮޑު ކުރިމަތިލުމަކަށް ވެގެންދިޔަ އިންތިޚާބެކެވެ. ސައުދު މި ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ކެންޑިޑޭޓުގެ ފަރާތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނިކޮށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk