logo

އެމްޑީޕީ އަށް އައްޑޫ އިން ލިބުނު ކާމިޔާބީ ފާހަގަކޮށްފި

profile

މުޙައްމަދު ފަޟްލޫން - 05 އޭޕްރީލު 2026 - 17:11

އައްޑޫ ސިޓީއަށް އެމްޑީޕީއަށް ލޯކަލް ކައުންސިލް އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުތަކުން ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން އްއްޑޫގައި ވެހިކަލް ބުރެއް ބާއްވައިފި އެވެ.

https://wamco.com.mv/

މިއަދު ހަވީރު ކުރިއަށް ދިޔަ ވެހިކަލް ބުރުގައި، އައްޑޫ ސިޓީގެ މޭޔަރުކަމުގެ ދެވަނަ ދައުރެއް ކާމިޔާބުކުރެއްވި އަލީ ނިޒާރުގެ އިތުރުން، އެކި ދާއިރާތަކުން އިންތިހާބުވި އެމްޑީޕީގެ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ 11 ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ.

މީގެއިތުރުން، އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ހިޖްރާ (ހިޖޫ) އިންތިހާބުވެވަޑައިގެންފައިވާއިރު، އެ ކޮމިޓީގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއްވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ.

ކައުންސިލް އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުންވެސް ސަރުކާރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk