logo

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތައް ފުޅިމަދުކާން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 05 އޭޕްރީލު 2026 - 17:40

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ކާންދިނުން މަނާކުރުމާ ގުޅިގެން، އެ ސަރަހައްދުގައި ހުރި ފުޅިމަދު ކޮތަރުތައް ކަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަމަށް މިކަން ވަނީ އައިސްފައެވެ.

https://wamco.com.mv/

އެކްސްގައި ހުސެންދީދީ އާއްމު ނަމުންނަމަ ސެންޑި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޒަމާންތަކެއްވަންދެން ކޮތަރު ޕާކަށް ކާންދީފަ ކުއްލިއަކަށް ކާންދިނުން މަނާވެފައިވާ ކަަމަށެވެ.

ފުޅިމަދު ފޮށިގަނޑެއް ރޫޅައިގެން ކޮތަރުތައް ކާނީ ވަރަށް ބަނޑުހައިވުމުން ކަމަށް ބަނޑުހައިވުމުން ކަމަށް ސެންޑި ބުނެފައިވެއެވެ،

ޖުމްހޫރީ މައިދާނަކީ ގިނަ އަދަދެއްގެ ބަޔަކު ހަވީރު ފިނިކޮށްލުމަށާއި ކޮތަރުތަކަށް ކާންދިނުމަށް ޒިޔާރަތްކުރާ މަގުބޫލު ތަނެކެވެ. ނަމަވެސް، މިއަހަރުގެ ކުރީކޮޅު އެ މައިދާން މަރާމާތަށްފަހު އަލުން ހުޅުވައިލުމާއެކު، އެ ސަރަހައްދުގައި ކޮތަރަށް ކާންދިނުން ވަނީ ރަސްމީކޮށް މަނާކޮށްފައެވެ.

މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހާއްސަކޮށް، މި ކޮތަރުތަކަކީ ޒަމާނުއްސުރެ އިންސާނުންދޭ ކާނާއަށް ބަރޯސާވެފައިވާ އެއްޗިއްސަށް ވާއިރު، ކުއްލިއަކަށް މިފަދަ ބަދަލެއް ގެނައުމަކީ އެ ސޫފިތަކަށް ލިބޭ ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި އާންމުން ސިފަކުރެއެވެ. އެހެންކަމުން، ކަމާބެހޭ އިދާރާތަކުން މިކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

މީގެ ކުރިން ކުރީގެ ރައީސް ޔާމީންގެ ދުވަސްވަރުވެސް ކޮތަރަށް ކާންދިނުން މަނާކުރިއެވެ. އެކަމުގެ ސަބަބުން އެ ދުވަސްވަރު ކޮތަރުތައް މަރުވާން ފެށިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk