logo

ވޮންޑަރލަސްޓް ރީޑަރ ޓްރެވަލް އެވޯޑްސް 2025 ގެ 2 އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 14 ޖުލައި 2025 - 13:35

އިނގިރޭސި ވިލާތުގެ ވޮންޑަރލަސްޓް ރީޑަރ ޓްރެވަލް އެވޯޑްސް 2025 ގެ 2 އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.

https://wamco.com.mv/

ވޮންޑާލަސްޓް ރީޑަރ ޓްރެވަލް އެވޯޑަކީ ދުނިޔޭގެ ޓްރެވަލް އިންޑަސްޓްރީގައި ވަރަށް ބޮޑަށް ބަލައިގަންނަ އެވޯޑެކެވެ. އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅަނީ އާންމުންގެ ވޯޓުންނެވެ.

ރާއްޖެއިން ނޮމިނޭޓް ވެފައިވަނީ މޯސްޓް ޑިޒައިރަބަލް ކަންޓްރީ ވޯލްޑް ވައިޑް އަދި މޯސްޓް ޑިޒައިރަބަލް އައިލެންޑް ވޯލްޑްވައިޑް މި ދެ ކެޓެގަރީ އިންނެވެ.

މި އެވޯޑަށް ވޯޓުލުމުގެ ފުރުސަތު 17 އޮކްޓޯބަރުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މި 2 ކެޓަގަރީން ވެސް ރާއްޖެއަށް އެއްބާރުލުން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

1993 ވަނަ އަހަރު އުފެދުނު ވޮންޑާލަސްޓް އަކީ މާނަހުރި، ޒިންމާދާރު އަދި ހިތްވަރު ލިބޭ ދަތުރުފަތުރުގެ އެންމެ އިސް އޮތޯރިޓީގެ ގޮތުގައި އިނގިރޭސިވިލާތުގައި އުފެދިފައިވާ އޮތޯރިޓީއެކެވެ. މި އެވޯޑުން ރަމްޒުކޮށްދެނީ ތަޖުރިބާކާރު ދަތުރުވެރިން ހިތްވަރު ދިން ތަންތަނަށް ވޯޓުދޭ ހަގީގީ ވިސްނުމާއި ތަޖުރިބާތަކެވެ.

އިނގިރޭސިވިލާތަކީ މިހާރު ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. އެގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމުން ރާއްޖެއަށް 114000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މި ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުމެެވެ. މި އަމާޒަށް ވާސިލް ވުމަށް ރާއްޖެ އިޝްތިހާރު ކުރުމާއި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ނާއި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ދަނީ ކުރަމުންނެވެ.

https://etukuri.mv/
https://www.aslu.com.mv