
ބުޅާތައް އޮޅުހިޔާ އަށް ވެއްދުމުގެ މަސައްކަތް ދަނީ ކުރަމުން: އެގްރިކަލްޗަރ މިނިސްޓްރީ

މުޙައްމަދު ފަޟްލޫން - 23 ޖުލައި 2025 - 13:58
މާލޭ ސިޓީ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތައް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޮޅުހިޔާ އަށް ވެއްދުމުގެ މަސައްކަތް މިހާރުކުރަމުން އަންނަކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާބެހޭ މިނިސްޓްރީ އިން ބުނެފި އެވެ.
ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާބެހޭ މިނިސްޓްރީން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ މާލޭ ސިޓީ މަގުތަކުގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް ހާނިއްކަ ކުރާ ކަމުގެ ޝަކުވާތައް ލިބިފައިވާކަމަށެވެ. އެގޮތުން ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން ބުޅާތައް މިހާރު އޮޅުހިޔާ އަށް ގެންނަން ފަށާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ދިރޭ ތަކެއްޗާބެހޭ މިނިސްޓްރީން ބުނީ ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވުމުގެ އިތުރުން ޢިލްމީ ދިރާސާކުރުންފަދަ ބޭނުންތަކަށް ޖަނަވާރުން ގެންގުޅުމުގައި އެސޮރުމެންގެ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭނޭކަމަށެވެ. ބުޅާތަކަށް އަނިޔާކުރުމުގެ ޝަކުވާ ލިބިފައިވާކަން ފާހަގަކުރަމުން ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ، މިފަދަ ޢަމަލުތަކަކީ ޖަނަވާރުތަކުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު ޢަމަލަކެއްކަމަށާއި، މިފަދަ ކަންކަން ތަކުރާނުކުރުމަށް އެދޭކަމަށެވެ.
މިފަދަ ޢަމަލުތަށް ތަކުރާރުނުކުރުމަށް އިލްތިމާސްކޮށް ދިރޭ ތަކެއްޗާބެހޭ ވުޒާރާއިން ބުނެފައިވަނީ ޖަނަވާރުންގެ ދުޅަހެޔޮކަމުގެ މަފްހޫމަކީ ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގެންފައިވާ، އެސޮރުމެންނަށް ލިބިގެންވާ ފަސް މިނިވަންކަމެއް ކަމަށެވެ. އެ ފަސް މިނިވަންކަމުގެ ތެރޭގައި އެ މިނިސްޓްރީން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:
- ހައިހޫނުކަމާއި ކަރުހިއްކުމާއި ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން
- ބިރުގަތުމާއި ހާސްވުމާއި ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން
- ޖިސްމާނީ ގޮތުން އަރާމު ނުލިބުމުން މިންޖުވުމުގެ މިނިވަންކަން
- ވޭނާއި ހާނީއްކަ އާއި ބަލިން މިންޖުވުމުގެ މިނިވަންކަން
- އާދަވެގެން ޖަނަވާރު އުޅޭ އުޅުމުގެ އުޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން
އޮޅުހިޔާ އަކީ މާލޭ ސަރަޙައްދުގައި މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމުގެ ގޮތުން ގާއިމްކޮށްފައިވާ ތަނެކެވެ. އޮޅުހިޔާގެ ސަބަބުން މާލޭގައި އުޅޭ ބުޅާތަކުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ދާއިމީ ލުޔެއް ލިބިގެން ދާނެކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ބުޅާތައް ކަރަންޓީނު ކުރާނެ ސަރަޙައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ފާމަސީއެއް އޮޅުހިޔާގައި ވަނީ ގާއިމްކޮށްފައެވެ.
މާލޭގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ވެސް ކުރިމަތިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން