logo

ގދ. ގަމުން ޑިންގީއެއްގައި ފުރި ގައްދޫ މީހަކު ގެއްލިގެން ހޯދަނީ

profile

ޒިދާން މުޙައްމަދު - 10 ޖުލައި 2025 - 18:31

ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގަމަށް ދިޔަ އުމުރުން ދުވަސްވީ މީހަކު ޑިންގީއެއްގައި އެނބުރި އެރަށަށް ދާން ފުރި ފަހުން ގެއްލިގެން ހޯދަން ފަށައިފިއެވެ.

https://wamco.com.mv/

ދިވެހި ފުލުހުންގެ ޙިދުމަތުން ބުނީ، ހެނދުނު ގަމަށް ދިޔަ އުމުރުން 75 އަހަރުގެ މީހަކު އެނބުރި ގައްދޫއަށް ގޮސްފައިނުވާ ކަމަށާއި އޭނާ ގެއްލުނުކަމުގެ ރިޕޯޓް ލިބުމާއެކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމީހާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު 17:05ހާއިރުއެވެ.

ފުލުހުން ގެންދަނީ މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

ގދ ގައްދޫ ކައުންސިލުން ބުނީ، ހޯދަމުންދަނީ އެ ރަށު ކޯޒީރައުންޑް ޒަކަރިއްޔާ މުހައްމަދު ކަމަށެވެ.

ޒަކަރިއްޔާ އެންމެ ފަހުން ފެނުނުއިރު، އޭނާލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެކެވެ.

އެ ރަށު ކައުންސިލުން ބުނާ ގޮތުގައި ގައްދޫއަށް ދިއުމަށް އޭނާ ފުރާފައި ވަނީ ހެނދުނު 10:30 ހާއިރުއެވެ.

ޒަކަރިއްޔާ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެމްއެންޑީއެފް ސައުތު ރީޖަނަލް ކޯސްޓުގާޑުން ބޭރު ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ގަމާއި ގަން ލައިރި ފަޅުރަށްތައް ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ގައްދޫ އިހުތިސާސްތެރޭ ހިމެނޭ ގަމަކީ އެ ސަރަހއްދުގެ މީހުން ވަކިން ހާއްސަކޮށް ގައްދޫ މީހުން ދާއެޅުމަށާއި މަސްހިފުމަށް އަދި ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ފަޅު ރަށެކެވެ.

https://etukuri.mv/
https://www.aslu.com.mv