logo

ކޮއްތު ފައިސާއަށް އިހުމާލުވި ފުލުހުންތަކެއްގެ މައްސަލަ ބަލަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 09 ޖުލައި 2025 - 05:13

ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑް (ޕީއެސްޑީ) އިން ބަލަން ފަށައިފިއެވެ.

https://wamco.com.mv/

ފުލުހުން ހަމަ އެކަނި ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމެވެ. އެ މައްސަލާގައި ހިމެނެނީ ކިތައް މީހުން ކަމެއް އަދި ކިހާ ފައިސާއެއް ކަމެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް ތުހުމަތު ކުރެވެނީ ކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރާ ކަމުގެ ކުށެވެ. އެމީހުން އެކަން ކޮށްފައިވަނީ ފުލުހުންނަށް ކޮއްތުގެ ކަންކަން ހަމަޖައްސައިދޭ މީހާ އާއި ގުޅިގެންނެވެ.

ފުލުހުންނަށް ކޮއްތު ފައިސާ އަމިއް އަތަށް ދިނުމުގެ ބަދަލުގައި އާއްމުކޮށް ކެއިންބުއިމުގެ ކަންކަން އޮންނަނީ ބިޑް އުސޫލުން ބިޑް ކާމިޔާބު ކުރާ ބަޔަކާއި ހަވާލުކޮށްފައެވެ.

ސިފައިންނާއި ފުލުހުންގެ ކޮއްތަށް ދައުލަތުގެ މި އަހަރުގެ ބަޖެޓްގައި 445 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އެގޮތުން ފުލުހުންގެ ކެއުމުގެ ހަރަދުގެ ގޮތުގައި ބަޖެޓުން 168 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައި ވާއިރު ކޮއްތު އެލަވަންސްގެ ގޮތުގައި ވަކިވަކި މުވައްޒަފުންނަށް 87 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ އެވެ.

މިލަންދޫ ފުލުހުން، ކޮއްތު ފައިސާ އެމީހުންގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލަ ޕީއެސްޑީ އިން ދަނީ ތަހުގީގް ކުރަމުންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay