
ރާއްޖޭގެ މާލީ ހާލަތު އިތުރަށް ހަރުދަނާވެ ސްކޫކުގެ އަގު އުފުލިއްޖެ

މުޙައްމަދު ފަޟްލޫން - 09 ޖުލައި 2025 - 10:37
ރާއްޖޭގެ މާލީ ހާލަތު އިތުރަށް ހަރުދަނާވެ ސްކޫކުގެ އަގު އުފުލިއްޖެއެވެ.
ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ ސުކޫކްގެ އަގު ހުސްވި އޭޕްރިލް މަހުގެ ކުރީކޮޅު ހުރީ 64.72 ޑޮލަރުގައެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ސުކޫކްގެ އަގު ވަނީ 87.44 ޑޮލަރަށް އަރާފައެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުވަމުންދާ ދިއުމެވެ.
ކުރީ ސަރުކާރުގައި 500 މިލިއަން ޑޮލަރުގެ ސުކޫކް 9.87 ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ވަނީ ނަގާފައެވެ.
އަބޫ ދާބީގެ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފައިވާ އެ ސުކޫކްގެ ކޫޕަން ޕޭމަންޓް ނުވަތަ އިންޓްރެސްޓަށް ވާ ފައިސާ މިސަރުކާރުން ގަވާއިދުން ދައްކަމުންދާ ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.
މިހާތަނަށް 25 މިލިއަން ޑޮލަރު ކުރީ ސަރުކާުރުން ނެގި ސުކޫކަށް ވަނީ ދައްކާފައެވެ. ސުކޫކްގެ ދެވަނަ ކޫޕަންގެ ފައިސާ ދައްކަން ޖެހެނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ކުރީ ސަރުކާރުން ސްކޫކަށް ނެގި ފައިސާގެ ޖުމްލަ އަދަދު ދައްކަންޖެހޭނީ އަންނަ 2026 ވަނަ އަހަރުއެވެ.
ސުކޫކްގެ އަގު ބޮޑުވުމަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާއި ދުނިޔޭގެ މާލީ މުޖުތަމައުއާ ގުޅިގެން ކުރާ މަސައްކަތުގެ ހެޔޮ އަސަރު ކަށަވަރުކޮށްދޭ ބައިނަލްއަގްވާމީ ބާޒާރުން ލިބުނު ކުރިއެރުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން