
ޑިޕާޗަރ ޓެކްސް އާއި އެއަރޕޯޓް ޑިވޮލަވްމަންޓްގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 11 ޖެނުއަރީ 2026 - 07:10
ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 3.8 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހުސްވި އަހަރު ލިބިފައިވާކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.5 ބިލިޔަން ރުފިޔާގެ ބޮޑު ކުރިއެރުމެކެވެ.
ޑިޕާޗަރ ޓެކުހަކީ ރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. މި ޓެކްސް ތައާރަފުކޮށް ނަގަން ފަށާފައިވަނީ 1 ޖަނަވަރީ 2022 ގައެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޑިޕާޗަރ ޓެކުހުގެ ގޮތުގައި 1.9 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މިއީ 2024 ވަނަ އަހަރު ލިބުނު 1.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ހަމައެއާއެކު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް 2025 ވަނަ އަހަރު ދައުލަތަށް 1.9 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މި ފީގެ ގޮތުގައި 2024 ވަނަ އަހަރު ލިބިފައިވަނީ 1.2 ބިލިޔަން ރުފިޔާއެވެ.
ޖުމްލަ ގޮތެއްގައި ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އެއްކޮށްލުމުން 2025 ވަނަ އަހަރު ދައުލަތަށް 3.8 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 2.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 65.7 އިންސައްތައިގެ ކުރިއެރުމެއްކަން މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޑިޕާޗަ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީތައް:
* އިކޮނޮމީ ކްލާސް: ދިވެހިން: 12 ޑޮލަރު، ބިދޭސީން: 30 ޑޮލަރު
* ބިޒްނަސް ކްލާސް: ދިވެހިން: 60 ޑޮލަރު، ބިދޭސީން: 60 ޑޮލަރު
* ފަސްޓް ކްލާސް: ދިވެހިން: 90 ޑޮލަރު، ބިދޭސީން: 90 ޑޮލަރު
* ޕްރައިވެޓް ޖެޓު: ދިވެހިން: 120 ޑޮލަރު، ބިދޭސީން: 120 ޑޮލަރު
ގުޅުން ހުރި ޙަބަރުތައް

ވޯޓާސް ލިސްޓަށް 128 ޝަކުވާއެއް
8 މިނިޓު ކުރިން

މަސްތުވާތަކެތީގެ މައްސަލަ ހައްލު ގެނައުމަށް ސަރުކާރުގެ އޮތީ ހެޔޮ ނިޔަތެއް: އެންޑީއޭގެ ޗެއާމަން
3 ގަޑިއިރު ކުރިން

އެކަނިވެރި ބެލެނިވެރިންނަށްދޭ އެލަވަންސަކީ ކުރެވޭ އިންވެސްޓްމެންޓެއް: މިނިސްޓަރު ޢާއިޝަތު ޝިހާމް
3 ގަޑިއިރު ކުރިން

ސަރުކާރުގެ ޓެކްސީ ހިދުމަތަށް ޑްރައިވަރުން ހޯދަން ވޯކިން އިންޓަވިއުއެއް
3 ގަޑިއިރު ކުރިން


