
އެކަނިވެރި ބެލެނިވެރިންނަށްދޭ އެލަވަންސަކީ ކުރެވޭ އިންވެސްޓްމެންޓެއް: މިނިސްޓަރު ޢާއިޝަތު ޝިހާމް

ޝަހްޒާ މުޙައްމަދު - 11 ޖެނުއަރީ 2026 - 12:58
ސަރުކާރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސަކީ ދިގު މުއްދަތަކަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ "ތަރުޖަމާނާ އެކު" އެޕިސޯޑް 3 ގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުންތަކަކީ، މުސްތަގްބަލަށް މުޖުތަމަޢު އަމާންކުރުމަށްޓަކައި ނިންމަވާ ނިންމެވުންތަކެއް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން އެލަވަންސްގެ އަދަދު ބޮޑުކޮށް، އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފެށުމާއެކު، އޭގެ ފައިދާ ކުރިއަށް އޮތް ތިން އަހަރު ވެސް ފެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަމާއެކު އުއްމީދަކީ އާއިލާތަކުގެ ނިކަމެތިކަން ނައްތާލައި ކުރިމަގަށް އާއިލާތައް ބިނާކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް މީގެކުރިން ލިބުނީ ކުއްޖަކަށް 1000ރ. އެވެ. މި ސަރުކާރުން މިހާރު ވަނީ އެ އަދަދު ކުއްޖަކަށް 3000ރ. ލިބޭގޮތަށް ބޮޑުކޮށްފައެވެ. އެގޮތުން ކުއްޖަކަށް 3000ރ. ލިބޭއިރު އެންމެ ގިނަވެގެން މަހަކު ލިބޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12،000ރ. އެވެ. އަދި، އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000ރ. އެވެ. އަދި އެ އުޞޫލަށް ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 69،408 ފަތުރުވެރިން ރާއްޖެއަށް
ގަޑިއިރެއް ކުރިން

ރޯދަ މަހުގެ ކުރިއަށް 15 މިސްކިތެއްގެ މަސައްކަތް ނިންމާލެވޭނެ- އިސްލާމިކް މިނިސްޓްރީ
2 ގަޑިއިރު ކުރިން

ޝަހީދު އަލީ ސްކޫލު ހުޅުވުމަށް، ފަހުގެ ތައްޔާރީތައްވަނީ
2 ގަޑިއިރު ކުރިން

ވޯޓާސް ލިސްޓަށް 128 ޝަކުވާއެއް
5 ގަޑިއިރު ކުރިން


