logo

ރޯދަ މަހުގެ ކުރިއަށް 15 މިސްކިތެއްގެ މަސައްކަތް ނިންމާލެވޭނެ- އިސްލާމިކް މިނިސްޓްރީ

profile

ރިޟްވާން މޫސާ - 11 ޖެނުއަރީ 2026 - 18:21

އަންނަ ރަމަޝޯން މަހުގެ ކުރިން 15 މިސްކިތެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭވަރު ވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

https://wamco.com.mv/

އިސްލާމިކް މިނިސްޓްރީން ބުނީ މިހާތަނަށް 6 މިސްކިތެއްގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ 9 މިސްކިތުގެ މަސައްކަތްވެސް ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމާލުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މިނިސްޓްރީން މައުލޫމާތުދެއްވަ އެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޝޯން މަސް ފެށުމުގެ ކުރިން އައު މިސްކިތް ތަކެއް ބިނާކުރުމާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އިސްލާމިކް މިނިސްޓރްީން ދަނީ ކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީން މުޅިން އަލަށް ޖުމްލަ ހަ މިސްތެއް ބިނާކޮށޤފައިވަނީ ޅ.އޮޅުވެލިފުށި، ހދ.ދިއްދޫ، ށ.ފޯކައިދޫ، ނ.މަނަދޫގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަދި އައްޑޫ ސިޓީ މަރަދޫގަ އެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޝޯން މަހަށް ހާޢްސަކޮށްގެން މިނިސްޓރްީން ދަނީ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay