
އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 69،408 ފަތުރުވެރިން ރާއްޖެއަށް

ރިޟްވާން މޫސާ - 11 ޖެނުއަރީ 2026 - 19:18
މި އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 69،408 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓުރިޒަމް މިނިސްޓރްީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަޔްކޮށްފައިވަނީ 61،463 ފަތުރުވެރިންނެވެ. މި އަދަދާއި އަޅާ ބަލާއިރު މިއީ 12.9 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖެ އަކީ ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަށްވާއިރު ރާއްޖޭގައި މިވަގުތު 186 ރިސޯޓާއި 974 ގެސްޓްހައުސް އާއި 168 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،645 އެވެ.
މި އަހަރު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާ އިންނެވެ. އެ ގައުމުން 13،157 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ އިޓަލީންނެވެ. އެ ގައުމުން 9،199 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ރޯދަ މަހުގެ ކުރިއަށް 15 މިސްކިތެއްގެ މަސައްކަތް ނިންމާލެވޭނެ- އިސްލާމިކް މިނިސްޓްރީ
6 ގަޑިއިރު ކުރިން

ޝަހީދު އަލީ ސްކޫލު ހުޅުވުމަށް، ފަހުގެ ތައްޔާރީތައްވަނީ
6 ގަޑިއިރު ކުރިން

ވޯޓާސް ލިސްޓަށް 128 ޝަކުވާއެއް
8 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލަ ހައްލު ގެނައުމަށް ސަރުކާރުގެ އޮތީ ހެޔޮ ނިޔަތެއް: އެންޑީއޭގެ ޗެއާމަން
11 ގަޑިއިރު ކުރިން


