logo

ސަރުކާރުގެ ޓެކްސީ ހިދުމަތަށް ޑްރައިވަރުން ހޯދަން ވޯކިން އިންޓަވިއުއެއް

profile

ޝަހްޒާ މުޙައްމަދު - 11 ޖެނުއަރީ 2026 - 12:58

ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތަށް ޑްރައިވަރުން ހޯދަން ވޯކިން އިންޓަވިއުއެއް ބޭއްވުމަށް ނިންމައިފި އެވެ.

https://wamco.com.mv/

މި ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައިވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނީ ވޯކިން އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވާ ހޮނިހިރު ދުވަހު މާފަންނު ބަސް ޓާމިނަލްގައި ކަމަށާއި އިންޓަވިއު އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 6:00އަށްކަމަށެވެ.

ޓެކްސީ ހިދުމަތަށް 407 ޑްރަައިވަރުން ހޯދަން އެމްޓީސީސީ އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއުލާނުކުރި އެވެ. އޭރު އެކަމަށް ކުރިމަތިލީ 366 މީހުން ކަމަށް އެކުންފުނިންބުނެފައިވެއެވެ.

ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ތައާރަފު ކުރަން ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ހިދުމަތް އެންމެ ފުރަތަމަ ފަށަން ނިންމާފައި އޮތީ މާލެ ސަރަހައްދުގަ އެވެ.

ސަރުކާރުން އެމްޓިސީސީއާ ހަވާލުކޮށްގެން ފަށާ މި ހިދުމަތަކީ 24 ގަޑިއިރުގެ ޚިދުމަތެކެވެ. ޓެކްސީ ޚިދުމަތްދޭން ހަމަޖެހިފައިވަނީ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.

އެންމެ ފުރަތަމަ ހިދުމަތަށް ނެރުމަށް ހަމަޖެހިފައިވަނީ 100 އުޅަނދެވެ. މި ހިދުމަތް ފެށުމަށް ކުރިން ޖުލައި މަހަށް އަމާޒު ހިފި ނަމަވެސް، މިހާރު ބެލެވެނީ ހިދުމަތް ފެށޭނީ އަންނަ އަހަރު ކަމަށެވެ. މި މަޝްރޫއުގެ މަގްސަދަކީ މިހާރު ޓެކްސީ ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay