logo
ފުލުހުންގެ މައި އިދާރާ

ފުލުހުންގެ މައި އިދާރާ

މިސްކިތެއްގައި ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުން ދިޔަ މީހާގެ ބަންދަށް 30 ދުވަސް

profile

ޔޫޝައު ހަސަން - 08 ފެބްރުއަރީ 2023 - 13:10

ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތަށް ނަމާދަށް ދާ ކުޑަކުއްޖަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، އިއްޔެ ހައްޔަރުކުރި އެ މިސްކިތުގައި މަސައްކަތް ކުރާ ބިދޭސީގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

https://wamco.com.mv/

ބިދޭސީގެ ފަރާތުން ޖިންސީ ގޯނާ ލިބިފައި ވަނީ ދިހަ އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

ތުހުމަތު ކުރެވުނު މީހާ ހައްޔަރު ކުރީ މިސްކިތް ކައިރިއަށް ބަޔަކު އެއްވެ، ބިދޭސީ މީހާއަށް ހަމަލާ ދޭން އުޅެނިކޮށެވެ. ބައެއް މީހުން އޭނާ އަށް ހަމަލާ ދޭން މަސައްކަތް ކުރި ނަމަވެސް އެތަނުގައި ތިބި މީހުން ވަނީ އޭނާ އެއްކައިރިކޮށް ފުލުހުން އަންނަންދެން އޭނާ ހިފަހައްޓާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ފެންމަތި ވެފައިވަނީ، ބިދޭސީ މީހާ ކުއްޖާއަށް ޖިންސީ ގޯނާ ކުރަމުން ދަނިކޮށް މިސްކިތައް ދިޔަ އެހެން ކުއްޖަކަށް އެމަންޒަރު ފެނިގެން އެކަން މިސްކިތުގައި ތިބި މީހުންގެ ސަމާލުކަމަށް ގެނައުމުންނެވެ.

ފަހުން އެކުއްޖާ ކިޔައިދިން ގޮތުގައި ބިދޭސީ މީހާ ވަނީ އެކިދުވަސް މަތިން އެކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay