logo

ކެފޭއެއްގެ ތެރޭގައި އިންދާ ހަބަރު ހުސްވެގެން އައިޖީއެމްއެޗްއަށް ގެންދިޔަ މީހާ ނިޔާވެއްޖެ

profile

އައިޝަތު އިނާޝާ - 13 ޖެނުއަރީ 2025 - 19:35

މާފަންނުގައި ހުންނަ ކެފޭ އެއްގެ ތެރޭގައި އިންދާ ހަބަރު ހުސްވެގެން އައިޖީއެމްއެޗްއަށް ގެންދިޔަ މީހާ ނިޔާވެއްޖެއެވެ.

https://wamco.com.mv/

ފުލުހުން ފުރަތަމަ ބުނެފައިވަނީ، ކެފޭ ތެރޭގައި އިންދާ އެމީހާ ޚަބަރު ހުސްވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށެވެ.

އަދި ބުނީ މިހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ނަމަވެސް، ފުލުހުން ދާދި ދެންމެއަކު މީޑިއާއާ ހިއްސާކުރި މެސެޖްގައި ބުނެފައިވަނީ، އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މިހާދިސާގައި ނިޔާވެފައިވަނީ މާފަންނު މޫން ޑްރޮޕްސް، އުމުރުން 58 އަހަރުގެ އަހްމަދު ޝަރީފް ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay