logo

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާއާމެދު ޝަކުވާއެއް އޮތްނަމަ ހުށަހެެޅުމަށް ހުޅުވާލައިފި

profile

ޒިދާން މުޙައްމަދު - 26 ނޮވެމްބަރު 2024 - 06:54

ވެެރިކަންކުރާ މައި ޕާޓީ - ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާއާމެދު ޝަކުވާއެއް އޮތްނަމަ ހުށަހެެޅުމަށް ހުޅުވާލައިފިއެވެ.

https://wamco.com.mv/

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިޚާބަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ވާދަވެރި އަދި ބޮޑު އިންތިޚާބެވެ.

އެ އިންތިޚާބުގައި 34،904 މީހަކަށް ވޯޓުދިނުމުގެ ޙައްގު ލިބުނެވެ.

ޖުމުލަ 4 ގަޑިއިރަށް މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންދިޔައިރު ވޯޓުލުމަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޖުމްލަ 143 ފޮށި ބެހެއްޓިއެވެ. މި އިންތިޚާބުގައި 667 ކެންޑިޑޭޓުން ވާދަކުރިއެވެ.

ޕީއެންސީން ބުނީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ގުނައި އެ މަރުކަޒުތަކުގައި އިއުލާންކުރި ނަތީޖާތައް ކަށަވަރު ކުރުމަށްފަހު ކަމަށެވެ. ނަމަވެސް އެ ނަތީޖާއާމެދު ޝަކުވާއެއް އޮތްނަމަ ހެކިތަކާއެކު އެކަމަށް ހާއްސަ ފޯމާއެކު ޝަކުވާ ހުށަހެޅޭނެ ކަމަށްވެސް އެޕާޓީން ބުންޏެވެ.

އެތެރޭގެއިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރާނީ އިންތިޚާބުގައި ބެހެއްޓި ވޯޓުފޮށިތަކުގެ ވޯޓު ކަރުދާސްތަކާއި ނަތީޖާ ޝީޓުތަކުުގެ އަސްލު ޕީއެންސީގެ ރަސްމީ އޮފީހަށް ލިބުމުން، ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް އެ ޕީއެންސީން ބުނެއެވެ.
މީގެ އިތުރުން ވޯޓުން ހޮވުނު މަގާމުތަކާއި ވޯޓަކާއި ނުލައި އިންތިޚާބުވި މަގާމުތައް އަދި މަގާމުގެ ހައިސިއްޔަތުން ކޮމިޓީގައި ހިމެނޭ މެންބަރުގެ މައްޗަށް އެކުލެވޭ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކުން 72 ގަޑިއިރު ތެރޭގައި ވޯޓަކުން ކަނޑައަޅަންޖެހޭ އިތުރު، މަގާމުތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާނީ ދާއިމީ ނަތީޖާ އިއުލާނުކުރުމަށްފަހު ކަމަށްވެސް ޕީއެންސީން ބުންޏެވެ.

ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެފައިވަނީ، މަޤާމުތަކަށް އަލަށް އިންތިޚާބުވި ފަރާތްތަކާއެކު އެޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރެވޭނެކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay